06 އޮކްޓޯބަރ 2019 - 00:12

އަލްޓިމެޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫއެފްސީ) ގެ މެޗުތައް ދިރާގު ޓީވީން ލައިވް ކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި މެޗުތައް ބަލަން ބޭނުންވާ މީހުންނަށް ދިރާގު ޓީވީ މެދުވެރިކޮށް ޓީވީން ނުވަތަ ފޯނުން މި މެޗުތައް ބަލާލެވޭނެ އެޗެ. މެޗުތައް ވަގުތުން ދައްކާ ޗެނަލްތަކުގެ ތެރޭގައި ސޮނީ ޓެން 2 އެޗްޑީ އާއި ސޮނީ ޓެން 3 އެޗްޑީ އަދި ސޮނީ ސިކްސް އެޗްޑީ ހިމެނެ އެވެ.
މިކްސް މާޝަލް އާޓް ފެނިގެންދާ މި ޗެމްޕިއަންޝިޕަކީ ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޗެމްޕިއަންޝިޕެކެވެ. މި ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗު އޮންނާނީ މާދަމާ ހެނދުނު 7:00 ގަ އެވެ.
ޔޫއެފްސީގެ މެޗުތަކުގެ ތާވަލާއި އިތުރު ލައިވް އިވެންޓުތައް އޮންނަ ގަޑިތައް ދިރާގުގެ ސޯޝަލް މީޑިއާ ވަސީލަތްތަކުން ބަލާލެވޭނެ އެވެ.
ދިރާގު ޓީވީ ބޭނުންކޮށްގެން ކަސްޓަމަރުންނަށް އެންމެ ފަހުގެ ކުޅިވަރު މެޗުތައް ބަލާލެވޭއިރު ދިރާގު ޓީވީން ގިނަ އަދަދެއްގެ ކުޅިވަރު ޗެނަލްތައް ލިބެ އެވެ.