05 އޮކްޓޯބަރ 2019 - 21:49

ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ދިރާގުން ޓީޗަރުންނަށް ހާއްސަ "އޭ ޕްލަސް" އޮފާއެއް ތައާރަފްކޮށްފި އެވެ.

ދިރާގުން ތައާރަފު ކުރި މި އޮފާ ހިޔާރު ކުރާ ޓީޗަރުންނަށް އަލަށް ގަންނަ ފައިބާ ބްރޯޑް ބޭންޑް ކަނެކްޝަން ގުޅައިދިނުމާ އެކު އޯއެންޓީ (މޮޑެމް) ހިލޭ ލިބޭނެ އެވެ. މީގެ އިތުރުން ޕޯސްޓްޕެއިޑް ގެންގުޅޭ ޓީޗަރުންނަށް ތިން މަސް ދުވަހުގެ ހިލޭ ޑޭޓާ ވެސް މި އޮފާގެ ތެރެއިން ލިބޭނެ އެވެ. ހިލޭ ޑޭޓާ ލިބޭނީ 350 އިން މަތީގެ ޕެކޭޖުގެ ޕޯސްޓްޕެއިޑް ނަންބަރުތަކަށެެވެ.
މި އޮފާގައި ދިރާގުން ވިއްކާ ފޯނުތަކުން ވެސް ޓީޗަރުންނަށް ހާއްސަ ޑިސްކައުންޓް ލިބޭނެ އެވެ. އަދި ފޯނާ އެކު ބޭނުންކުރެވޭ ތަފާތު އެކްސަސަރީޒް ވެސް ހިލޭ ލިބޭނެ އެވެ. ދިރާގުން ވިއްކާ ފޯނުގެ ތެރޭގައި ވާވޭ، އެޕަލް އަދި ސެމްސަންގެ އެންމެ ފަހުގެ ފޯނުތައް ހިމެނެ އެވެ.
ޓީޗަރުންނަށް މި އޮފާގައި އެހެން ނަންބަރުތަކަށް ހިލޭ ގުޅޭނެ އެވެ. އަދި ވޮއިސް ޕެކޭޖްތަކާއި އެޑްއޮންތައް ވެސް ފަސޭހައިން ގަނެލެވޭނެ އެވެ. މީގެ އިތުރުން ކުޑަ ނަންބަރެއް (ޝޯޓް ކޯޑް) ބޭނުންކޮށްގެން ހިޔާރު ކުރާ ނަންބަރުތަކަށް ގުޅާލެވޭނެ އެވެ.
ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ތައާރަފްކުރި މި އޮފާ ޓީޗަރުންގެ އިތުރުން އެޑިއުކޭޝަން ސެކްޓާގައި އުޅޭ އެހެން މުވައްޒަފުންނަށް ވެސް ލިބޭނެ އެވެ. މި އޮފާ ނަގަން ބޭނުންވާ މީހުން މި މަސް ނިމުމުގެ ކުރިން އެ މީހަކު އުޅޭ ސްކޫލެއްގެ ތައްގަނޑު ޖެހުމަށް ފަހު ދިރާގަށް އެޕްލިކޭޝަން ފޯމު ލާން ޖެހޭނެ އެވެ. މި ފޯމް އެ ކުންފުނީގެ ކޮންމެ ސާވިސް ސެންޓަރަކަށް ވެސް ލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.