ސަލާމަތީ މިންގަނޑަށް ނުފެތޭ 30 ބައުޒަރެއްގެ ލައިސަންސް ކެންސަލްކޮށްފި
ސަލާމަތީ މިންގަނޑަށް ނުފެތޭ 30 ބައުޒަރެއްގެ ލައިސަންސް ކެންސަލްކޮށްފި

ސަލާމަތީ ގޮތުން ހުންނަން ޖެހޭ ވަރަށް ވުރެ ދަށް 30 ތެޔޮ ބައުޒަރެއްގެ ލައިސަންސް ކެންސަލްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ސަލާމަތީ މިންގަނޑަށް ނުފެތޭ 30 ބައުޒަރެއްގެ ލައިސަންސް ކެންސަލްކޮށްފި
ސަލާމަތީ މިންގަނޑަށް ނުފެތޭ 30 ބައުޒަރެއްގެ ލައިސަންސް ކެންސަލްކޮށްފި

އެމްއެންޑީއެފުން ބުނީ މާލޭގެ ބޭނުންކުރާ ތެޔޮ ބައުޒަރުތަކުގެ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ހުރިތޯ ބެލުމަށް ހިންގި ޕްރޮގްރާމްގެ ދަށުން 42 ތެޔޮ ބައުޒަރެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ހިންގި ޕްރޮގްރާމްގައި ތެޔޮ ބައުޒަރުތަކުގައި ކަނޑައަޅާފައިވާ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލާ ޗެކްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެގާރަ ތެޔޮ ބައުޒަރެއްގެ ސަލާމަތީ ބައެއް ކަންކަން ރަނގަޅު ކުރުމަށްފަހު އަލުން ބޭނުން ކުރުމަށް ހުއްދަ ދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ޕްރޮގްރާމްގެ ސަބަބުން ފާހަގަވީ އުޅަނދުގައި ހަރުކުރަންޖެހޭ ނިޝާންތައް ހަރުކޮށްފައި ނެތުމާއި ބައުޒަރަށް ބޭނުންވާ އަލިފާން ނިވިތައް ނެތުމާއި ވެހިކަލްގެ ކޮންޑިޝަން ރަނގަޅަށް ބަލަހައްޓާފައި ނެތުމެވެ.

މާލޭގައި ބޭނުން ކުރާ ތެޔޮ ބައުޒަރުތަކެއް ބަލައި ފާސް ކުރީ މިދިޔަ އާދިއްތަ ދުވަހު ޓީ ޖެޓީ ސަރަހައްދުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 10 ތެޔޮ ބައުޒަރަކަށް ގެއްލުންވެފައި ވަނިކޮށެވެ. އެ ހާދިސާގައި ފަސް ތެޔޮ ބައުޒަރެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. ލޯންޗަކަށް ތެޔޮ އަޅަނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި ލޯންޗު އެއްކޮށް ވަނީ އަނދައިފަ އެވެ.