ފުރޮޅުލީ ގޮނޑީގައި ދުނިޔޭގެ ހުރިހާ ހިސާބަކަށް
ފުރޮޅުލީ ގޮނޑީގައި ދުނިޔޭގެ ހުރިހާ ހިސާބަކަށް

ޖިއޫލިއާ ލަމަރްކާ އަކީ 28 އަހަރުގެ އިޓަލީ އަންހެނެކެވެ. އޭނާ އަކީ ސައިކޮލޮޖިސްޓެއް، ޓްރެއިނާއެއް އަދި ޓްރެވަލް ބްލޮގާ އެކެވެ. އޭނާ 2011 ވަނަ އަހަރުގެ އޮކްޓޯބަރު ހަ ވަނަ ދުވަހު ސައިކަލް އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަހު އިންނަން ޖެހުނީ ފުރޮޅުލީ ގޮނޑީގަ އެވެ.

ފުރޮޅުލީ ގޮނޑީގައި ދުނިޔޭގެ ހުރިހާ ހިސާބަކަށް
ފުރޮޅުލީ ގޮނޑީގައި ދުނިޔޭގެ ހުރިހާ ހިސާބަކަށް

ބެސްޓްލައިފް ކިޔާ ނޫހަކަށް ޖިއޫލިއާ ބުނީ ނުހިނގޭނެކަން އެނގުމުން އެންމެ ދެރަވީ ކުދިކުދި ކަންކަމުން މަހުރޫމު ވާނެތީ ކަމަށެވެ. އެއްކަމަކަށް އޭނަ ފާހަގަކުރީ ބޭނުންވާ ކޮންމެ ފަހަރަކު އެންމެ ގާތް އެކުވެރިޔާގެ ގެއަށް ނުދެވޭނެތީ އެވެ. އެއީ އެކުވެރިޔާގެ ގެ ހުންނަނީ ފުރޮޅުލީ ގޮނޑި ވެއްދޭ ގޮތަށް ނޫން ކަމަށް ވާތީ އެވެ.

ފުރޮޅުލީ ގޮނޑީގައި ދުނިޔޭގެ ހުރިހާ ހިސާބަކަށް
ފުރޮޅުލީ ގޮނޑީގައި ދުނިޔޭގެ ހުރިހާ ހިސާބަކަށް

ޖިއޫލިއާ ބުނީ، ދިރިއުޅުމުގައި ކުރިއަށް ދިއުމަށް އެންމެ ބޮޑު އެހީއަކަށް ވީ ޕޮޒިޓިވްކޮށް ވިސްނުމާއި އޭނާގެ މަޖާ މިޒާޖުގައި ހިފެހެއްޓުން އަދި މާބޮޑަށް ކުރިއަށް ނުވިސްނާ، ލަސްލަހުން ކަންކަމާ ކުރިމަތިލުން ކަމަށެވެ.

ފުރޮޅުލީ ގޮނޑީގައި ދުނިޔޭގެ ހުރިހާ ހިސާބަކަށް
ފުރޮޅުލީ ގޮނޑީގައި ދުނިޔޭގެ ހުރިހާ ހިސާބަކަށް

މަޑުމަޑުން އަމިއްލަ ފައިމައްޗަށް ތެދުވަން ޖިއޫލިއާ މަސައްކަތް ކުރި އެވެ. ފުރަތަމަ އެކަނި ގޮނޑީގައި ތެދަށް އިނުމެވެ. އެއަށް ފަހު އެކަނި ހޮސްޕިޓަލަށް ދާން ފެށުމެވެ. ފަހުން އެކަނި މަސައްކަތަށް ވެސް ނިކުންނަން ފެށީ އެވެ.

ޒުވާން ފިޒިއޮތެރަޕިސްޓެއް ކަމަށްވާ އެންޑްރިއާއާ އެކު ފިޒިއޯ ހަދަން ފެށުމާ އެކު ދެމީހުން އެކަކު އަނެކަކަށް ލެނބި ލޯބިވެވުނީ އެވެ.

އެކްސިޑެންޓް ވީއިރު ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާއާ ދެމީހުންގެ ގުޅުން ހިތި ގޮތަކަށް ނިމިފައި އޮތުމުން އާ ލޯތްބަކަށް ފުރުސަތު ދޭން ޖިއޫލިއާ ފުރަތަމަ ބިރު ވެސް ގަތެވެ. ހާއްސަކޮށް، ގޮނޑިއެއްގައި އިންނަ އަންހެނަކު ދެކެ އެއްވެސް މީހަކު ލޯބިވެދާނެ ކަމަށް ގަބޫލެއް ވެސް ނުކުރެވެ އެވެ.

މާޗް 2016 ގައި ކައިވެނިކުރި ފަހުން ދެމަފިރިން އެކުގައި މިހާރު 25 ގައުމަކަށާއި 80 ސިޓީއަކަށް ދަތުރުކޮށްފި އެވެ. ޖިއޫލިއާ އަށް އެންމެ ގަޔާވެވުނީ އޭޝިއާގެ ބައެއް ގައުމުތަކާއި އޮސްޓްރޭލިއާ އެވެ. އެ ގައުމުތަކަށް ވަނުން ފަސޭހަވުން އެއީ އެންމެ ބޮޑު އެއް ސަބަބެވެ. ގޮނޑިއެއްގައި ދަތުރުކުރުމަކީ ބޮޑު ގޮންޖެހުމަކަށް ވުމާ އެކު އެ ގައުމުތަކުން އެފަދަ މީހުންނަށް ފަސޭހައަށް ކޮށްފައި ހުރި މަސައްކަތަށް އޭނާ ޝުކުރުވެރިވެ އެވެ.

މިގޮތަށް ދަތުރުކުރާއިރު، ފުރޮޅުލީ ގޮނޑީގައި ނުދެވޭ ސަރަހައްދެއް އަތުވެއްޖެ ނަމަ އެންޑްރިއާ އޭނާ އެތަނަކަށް ގެންދަނީ ކޮނޑަށް އަރުވައިގެންނެވެ. އެހެންވެ ދަތުރުތަކުގެ އެންމެ ބޮޑު އެހީތެރިއެއްގެ ގޮތުން ޖިއޫލިއާ ފާހަގަކުރަނީ ފިރިމީހާ އެވެ.

ޖިއޫލިއާގެ އުންމީދަކީ އޭނާގެ ވާހަކައިން އެފަދަ އެހެން މީހުންނަށް ވެސް އުންމީދު އާކޮށްދިނުމެވެ. ގޮނޑިއެއްގައި އިންނަން ޖެހުނަސް ލޯބި ހޯދުމާއި ހުރިހާ ހުވަފެންތައް ހަގީގަތަކަށް ހެދުމަކީ ކުރެވިދާނެ ކަމެއްކަން ބުނެދިނުމެވެ.