05 އޮކްޓޯބަރ 2019 - 19:46

ފޮޓޯތަކެއް ލީކްކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައިގެން އަންހެނަކާ މެދުގައި ބަދުއަޚުލާގީ އަމަލު ހިންގި މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފޮޓޯތަކެއް ލީކްކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައިގެން 19 އަހަރުގެ ދިވެހި އަންހެނަކާ މެދު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގި މައްސަލައިގައި ހައްޔަރު ކުރީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެމީހާ ހައްޔަރު ކުރީ ރޭ 12:15 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.