ސިޓީގެ ސަމާލުކަން އަނެއްކާ ވެސް ބޮނޫޗީ އަށް
ސިޓީގެ ސަމާލުކަން އަނެއްކާ ވެސް ބޮނޫޗީ އަށް

މެންޗެސްޓާ (ސެޕްޓެމްބަރު 23) - ޔުވެންޓަސްގެ އިޓަލީ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އަށް އަލުން 50 މިލިއަން ޕައުންޑުގެ ބިޑެއް ކުރަން މެންޗެސްޓާ ސިޓީން ތައްޔާރުވެއްޖެ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޑިފެންސަށް ކުޅެމުން ވެސް ބޯޅައާ އެކު ކުރިއަށް ޖެހި އަދި ޕާސް ދިނުމުގެ ގާބިލްކަން ހުރުމުން ބޮނޫޗީ އަކީ ގާޑިއޯލާ އެންމެ ބޭނުންވާ އެއް ޑިފެންޑަރެވެ. ސިޓީގެ އިތުރުން ޗެލްސީން ވެސް މި ފަހަރު އޭނާ ގަންނަން މަސައްކަތްކުރި ނަމަވެސް ޔުވެންޓަސް އިން ވިއްކާލަން އެއްބަހެއް ނުވި އެވެ.

އެކަމަކު ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އަނިޔާއިން ސަލާމަތްވެ އެނބުރި އައިސް އެއް މެޗު ކުޅުނުތަނާ އަނެއްކާ އަނިޔާވުމާ އެކު ސިޓީން ޖެނުއަރީ މަހު ބޮނޫޗީ ގެންނަން މަސައްކަތް ފަށާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސިޓީން ވަގުތީ ސެންޓްރަލް ޑިފެންޑަރެއްގެ ގޮތުގައި ބޭނުންކުރަނީ ސައިޑް ބެކަށް ކުޅޭ އެލެކްސެންދާ ކޮލަރޯފް އެވެ.

ޔުވެންޓަސްގެ އަންދްރޭ ބަރްޒާލީ ވެސް ރިޓަޔާމަންޓާ ކައިރިވެފައިވާތީ އެ ޓީމުން އުމުރުން 29 އަހަރުގެ އިތުބާރު ޑިފެންޑަރު ބޮނޫޗީ ވިއްކާލާނެ ކަމަށް ނުބެލެވެ އެވެ.