04 އޮކްޓޯބަރ 2019 - 23:05

މާލޭގެ ގެއެއްގައި ކިޑްނެޕްކުރި ބިދޭސީއަކު ސަލާމަތްކޮށް ފަސް މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާފަންނުގެ ގެއެއްގެ ތިން ވަނަ ފްލޯގައި ކިޑްނެޕްކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށްފައިވާ ކަމަށެވެ. އެ ގެއަކީ ވެސް ބިދޭސީން އުޅޭ ގެއެކެވެ.
އެ މައްސަލައާ ގުޅިގެން ފަސް ބިދޭސީއަކު ހައްޔަރުކޮށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވި އެވެ.
ބިދޭސީއެއް ރަހީނުކުރިކަމުގެ މައުލޫމާތު ލިބިގެން މިދިޔަ ހޮނިހިރު ދުވަހު ވެސް ފުލުހުން ހަރަކާތްތެރިވި އެވެ. އެކަމަކު ރަހީނުކުރި މީހުންގެ ކިބައިން އޭނާ ވަނީ އަމިއްލައަށް ސަލާމަތްވެފަ އެވެ.