އަންހެނުންނަށް ހާއްސަ "މަމްސް އެކްސްޕޯ" ފަށައިފި
އަންހެނުންނަށް ހާއްސަ "މަމްސް އެކްސްޕޯ" ފަށައިފި

އަންހެނުންނަށް ހާއްސަކޮށްގެން "މަމްސް އެކްސްޕޯ" މިއަދު ފަށައިފި އެވެ.

އަންހެނުންނަށް ހާއްސަ "މަމްސް އެކްސްޕޯ" ފަށައިފި
އަންހެނުންނަށް ހާއްސަ "މަމްސް އެކްސްޕޯ" ފަށައިފި

މަމްސް ޖަމިއްޔާއިން މާދަމާގެ ނިޔަލަށް ބިލަބޮންގް ސްކޫލުގައި ބާއްވާ އެކްސްޕޯގައި 70 ސްޓޯލް ބަހައްޓާފައި ވެ އެވެ. އޭގެ ތެރޭގައި އަންހެނުން ކުރާ ކުދި ވިޔަފާރިން ފެށިގެން ބޮޑެތި ވިޔަފާރިތައް ވެސް ހިމެނެ އެވެ.

އަންހެނުންނަށް ހާއްސަ "މަމްސް އެކްސްޕޯ" ފަށައިފި
އަންހެނުންނަށް ހާއްސަ "މަމްސް އެކްސްޕޯ" ފަށައިފި

އެ އެކްސްޕޯ ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވަނީ ދަރިން ބެލުމާއި ތަރުބިއްޔަތު ކުރުމުގައި ތިމާވެއްޓާއި ރައްޓެހި އަދި އިސްރާފު ކުޑަގޮތްތައް އިހުތިޔާރު ކުރުމަށް ގޮވާލައްވައިފަ އެވެ.

އެކަމަނާ ވިދާޅުވީ ތިމާވެށި ރައްކާތެރި ކުރުމުގެ މުހިއްމުކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި ކުދިން ބޮޑުކުރުމުގައި ވެސް ތިމާވެއްޓާއި ރައްޓެހި ގޮތްތައް އިހުތިޔާރު ކުރުމަކީ އެ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

މަމްސް ޖަމިއްޔާގެ މަސައްކަތްތައް ފާހަގަކުރައްވައި ފަސްޓްލޭޑި ވަނީ ހުރިހާ މައިންނަށް، ހާއްސަކޮށް ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މައިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ. އަންހެނުން ބާރުވެރިކުރުވުމަކީ އެކަމުގެ ފައިދާ ދިގު މުއްދަތެއް ލިބޭނެ ކަމެއްކަމަށް ވިދާޅުވި އެވެ.

މައިންނަށް މާލީ އެހީތެރިކަން ދިނުމަށް އެ ޖަމިއްޔާއިން ފެށި "ފެމިލީ ޓު ފެމިލީ ފަންޑް" އެކަމަނާ ވަނީ އިފްތިތާހު ކޮށްދެއްވައިފަ އެވެ.

އެ އެކްސްޕޯ ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވީ ފަންޑް ރައިޒްކުރުމުގެ މަގުސަދުގައި ބާއްވާ ހަރަކާތަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

މަމްސް އެކްސްޕޯގައި މޭޒު ދޫކޮށްފައިވަނީ ދުވަހަކަށް 500ރ. އަށެވެ.

ފޭސްބުކްގައި "މަމްސް އެމްވީ" ނަމުގައި ފެށި ފޭސްބުކް ގްރޫޕް ފުޅާވެ އެންމެ ފަހުން ވަނީ "މަމްސް" ނަމުގައި މިދިޔަ ޖެނުއަރީ މަހު ޖަމިއްޔާއެއް ރަޖިސްޓްރީކޮށްފަ އެވެ. އަލަށް މަންމައިންނަށް ވާ މީހުންނާއި ދަރިންނަށް ދިމާވާ ކަންތައްތަކާއި މަންމައިންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން އެ ޕޭޖު މެދުވެރިކޮށް ގިނަ ބަޔަކަށް މައުލޫމާތު ލިބެ އެވެ.

މަމްސް ޕޭސްބުކް ގްރޫޕުގައި ގާތްގަނޑަކަށް 30،000 މީހުން އެބަތިއްބެވެ.