ދަތި ކުރުމުގެ ފިޔަވަޅުތައް މާޒީވެއްޖެ، ޔޫރަޕާ އެކު އީރާނުން ވިޔަފާރި ފަށައިފި
ދަތި ކުރުމުގެ ފިޔަވަޅުތައް މާޒީވެއްޖެ، ޔޫރަޕާ އެކު އީރާނުން ވިޔަފާރި ފަށައިފި

ތެހެރާން (މެެއި 30) - ޔޫރަޕާ އެކު އީރާނުން ރަސްމީކޮށް ވިޔަފާރި ފަށައިފި އެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މި އަހަރު ކުރީކޮޅު ނިމުމަކަށް ގެނައުމާ އެކު ޚާރިޖީ ވަޒީރު ޖާވަދު ޒާރިފް ވަނީ ޔޫރަޕާ އެކު ވިޔަފާރި ފެށިކަން ޕޮލެންޑުގައި އިއުލާން ކުރައްވައިފަ އެވެ.

ދަތި ކުރުމުގެ ފިޔަވަޅުތައް މާޒީވެއްޖެ، ޔޫރަޕާ އެކު އީރާނުން ވިޔަފާރި ފަށައިފި
ދަތި ކުރުމުގެ ފިޔަވަޅުތައް މާޒީވެއްޖެ، ޔޫރަޕާ އެކު އީރާނުން ވިޔަފާރި ފަށައިފި

ޒާރިފްގެ ދަތުރުފުޅުގައި އީޔޫގެ މެންބަރު ގައުމުތައް ކަމަށްވާ ފިންލެންޑް، ސްވިޑްން އަދި ލެޓްވިއާ އަށް ވެސް ވަޑައިގަންނަވާނެ އެވެ.

"އީރާނާ އެކު ޔޫރަޕުގެ ޕޮލެންޑުން ކުރާ ވިޔަފާރި އަހަރަކު އެއް ބިލިއަން ޑޮލަރަށް އެރުވުމަށް ކުރާ އުއްމީދު ދެން ހަގީގަތަކަށް ވެދާނެ،" ވޯސޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒާރިފް ވިދާޅުވި އެވެ.

އީރާނާއި ޕޮލެންޑާ ދެމެދު އަހަރަކު މިހާރު ކުރާ ވިޔަފާރި އުޅެނީ 70 މިލިއަން ޑޮލަރުގަ އެވެ. ދެ ގައުމުގެ ވިޔަފާރި އަށް އެންމެ ބޮޑު ހުރަހެއް ކުރިމަތިވެފައި ވަނީ ވެސް ދަތިކުރުމުގެ ފިޔަވަޅުތަކެވެ.

އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފައިވަނީ ދުނިޔޭގެ ބޮޑެތި ގައުމުތަކާ އެކު ސޮއިކުރި ނިއުކްލިއާ އެއްބަސްވުމުގެ ދަށުންނެވެ. ދަތިކުރުމުގެ ފިޔަވަޅުތަކަށް ނިމުން ގެނައުމާ އެކު އީރާނުން ވަނީ ވިޔަފާރީގެ މުއާމަލާތްތައް އިތުރު ކުރުމުގެ ކެމްޕޭނެއް ފަށައިފަ އެވެ. އެކަމަކު އެމެރިކާ އިން އަދިވެސް ވަނީ އީރާނުގެ ވަކި ވަކި ކުންފުނިތަކާ އެކު ވިޔަފާރި ކުރަން ދެކޮޅު ހަދައިފަ އެވެ. ސަބަބަކީ މެދުއިރުމަތީގައި އީރާނުން އަސްކަރީ ހަރަކާތްތައް ހިންގަމުންދާ ކަމަށް އެމެރިކާ އިން ތުހުމަތު ކުރާތީ އެވެ. އެހެންވެ ޔޫރަޕުގެ ބޭންކުތަކުން ވެސް އީރާނާ އެކު ވިޔަފާރީގެ ފުރިހަމަ މުއާމަލާތްތައް ހިންގަން ދެކޮޅު ހަދަ އެވެ. ސަބަބަކީ އެ ބޭންކުތަކުގެ ގޮފިތައް އެމެރިކާގައި ގިނަ އަދަދަކަށް ހިންގަމުންދާތީ އެވެ. --އޭއެފްޕީ