ނޯތު ކޮރެއާ އިން ސަބްމެރިން މިސައިލެއް ޓެސްޓްކޮށްފި
ނޯތު ކޮރެއާ އިން ސަބްމެރިން މިސައިލެއް ޓެސްޓްކޮށްފި

ޕިއޮންޔޮން (އޮކްޓޯބަރު 3) - އާ ބާވަތެއްގެ ސަބްމެރިން މިސައިލެއް ޓެސްޓްކޮށްފައިވާ ނޯތު ކޮރެއާ އިން ބުނެފި އެވެ.

މިއީ ނޯތު ކޮރެއާ އިން މި އަހަރު ކުރި 11 ވަނަ މިސައިލް ޓެސްޓެވެ. އެކަމަކު ކަނޑުގެ ޕްލެޓްފޯމަކުން ފޮނުވާލި މިސައިލް ސަބްމެރިން އިން ވެސް ފޮނުވާލެވެ އެވެ. ނޯތު ކޮރެއާ އިން ބުނީ ގައުމުގެ ބިމުގެ ސަރަހައްދުން ބޭރުން ވެސް މިސައިލް ފޮނުވާލުމަކީ މުހިންމު ކަމެއް ކަމަށެވެ.

ސައުތު ކޮރެއާގެ އޮފިޝަލުން ބުނީ ނޯތު ކޮރެއާ އިން ފޮނުވާލި މިސައިލް ވަނީ 450 ކިލޯ މީޓަރު (280 މޭލު) އަށް ދަތުރުކޮށްފައި ކަމަށެވެ. އަދި ޖަޕާން ކަނޑަށް ވެއްޓުމުގެ ކުރިން އެ މިސައިލް ވަނީ 910 ކިލޯ މީޓަރު އުހުން ދަތުރުކޮށްފައި ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ މާނައަކީ އެ މިސައިލް ދަތުރުކޮށްފައި ވަނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ވުރެ އުހުންނެވެ.

ޖަޕާނުން ބުނެފައި ވަނީ ނޯތު ކޮރެއާ އިން ޓެސްޓްކުރި މިސައިލް ވެއްޓިފައި ވަނީ އެ ގައުމުގެ އިގްތިސާދީ ސަރަހައްދަށް ކަމަށެވެ.

ނޯތު ކޮރެއާ އިން ބުނީ މިސައިލެއް ޓެސްޓްކުރި ނަމަވެސް އަވަށްޓެރި ގައުމުތަކަށް ނުރައްކަލެއް ނެތް ކަމަށެވެ.