2028 އަށް 30،000 ގެ ބޭނުންވޭ، ފަސް އަހަރުން ބޮޑު ހައްލެއް ލިބޭނެ!
2028 އަށް 30،000 ގެ ބޭނުންވޭ، ފަސް އަހަރުން ބޮޑު ހައްލެއް ލިބޭނެ!

ގޭބީސީއެއްގައި ދިރިއުޅޭ އަދަދަކީ ހަތަރު މީހުން ކަމަށް ބެލި ނަމަވެސް ކުރިއަށް އޮތް ނުވަ އަހަރުގެ ތެރޭގައި ރާއްޖެ އަށް 30،000 ގެ އިތުރަށް ބޭނުންވާ ކަމަށް އަންދާޒާކޮށް، ބޮޑު ހައްލެއް ހޯދައިދޭނެ ކަމުގެ އަދަދުތަކެއް މި ފަސް އަހަރަށް ސަރުކާރުން އެކުލަވާލި އެކްޝަން ޕްލޭންގައި ހިމަނައިފި އެވެ.

2028 އަށް 30،000 ގެ ބޭނުންވޭ، ފަސް އަހަރުން ބޮޑު ހައްލެއް ލިބޭނެ!
2028 އަށް 30،000 ގެ ބޭނުންވޭ، ފަސް އަހަރުން ބޮޑު ހައްލެއް ލިބޭނެ!

ވައުދުވެ، ކޮންމެ ސަރުކާރެއް ވެސް ފެއިލްވާ މައްސަލަ ހައްލުކުރަން މި ސަރުކާރުން ދިން ޔަގީން ކަމަކީ 2023 ގެ ނިޔަލަށް ރާއްޖޭގައި 20،000 ގެ އަޅައި ދިނުމެވެ. މި އަދަދުތަކުގެ ތެރޭގައި ހިމެނޭ ހައުސިން ޔުނިޓްތައް އެޅުމުގެ މަޝްރޫއުއެއް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަން ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.

އޭގެތެރޭގައި ސޯޝަލް ހައުސިންގެ ގޮތުގައި މާލެ ސަރަހައްދުގައި 4،200 ހައުސިން ޔުނިޓް އެޅުމާއި އަތޮޅުތަކުގައި 5،000 ހައުސިން ޔުނިޓް އިމާރާތް ކުރުން ހިމެނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެންމެ އިސްކަން ދެއްވާ ވައުދުގެ ތެރޭގައި ހިމެނޭ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ހޯދައި ދޭނެ ކަމުގެ ޔަގީންކަމާ އެކު ތާރީޚްތަކެއް ވެސް އޮތީ ދީފަ އެވެ.

ރާއްޖޭގެ މިހާރުގެ އާބާދީއަކީ ބިދޭސީން ވެސް ހިމެނޭ ގޮތުން 530،000 މީހުން ކަމަށް ލަފާކޮށްފައިވެ އެވެ. މި ރޭޓުން ބަލާ ނަމަ، 2028 ގައި މާލޭގެ އާބާދީ 650،000 އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޕްލޭންގައިވެ އެވެ.

- ފަސް އަހަރުގެ ތެރޭގައި 20،000 ހައުސިން ޔުނިޓް ހޯދައިދީ އެ ޔުނިޓްތައް ބޭނުން ކުރަން ފެށުން.

- ސުނާމީގައި ހާލުގައި ޖެހިފައިވާ ހުރިހާ އާއިލާތަކަށް 2020 ގެ ނިޔަލަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން.

- ދިރިއުޅޭ ރަށް ނޫން އެހެން ރަށަަކަށް ސަރުކާރުން ބަދަލުކޮށްފައިވާ ހުރިހާ އާއިލާ އަކަށް 2021 ގެ ނިޔަލަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން.

- ނެޝެނަލް އެފޯޑަބްލް ހައުސިން ލޯން ސްކީމްގެ ދަށުން މަދުވެގެން 1 ބިލިއަން ރުފިޔާގެ ލޯން ދިނުން.

މީގެއިތުރުން ދަފްތަރެއް ބަލަހައްޓައި ރައްޔިތުންނަށް ފުރިހަމަ އަށް އިތުބާރު ކުރެވޭނެ އުސޫލަކުން ހަަމަހަމަކަމާއި އިންސާފުވެރިކަމާއި އެކު ބޯހިޔާވަހިކަން ފޯރުކޯށްދެވޭނެ ނިޒާމެއް ގާއިމްކުރުން ހިމެނެ އެވެ. އިޖުތިމާއީ ގޮތުން ޚާއްސަ ރައްކާތެރިކަމެއް ލިބިދޭން ޖެހޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އިސްކަންދީ، މާލީ ދަތިކަން ކުރިމަތިވެ ބޯހިޔާވަހިކަމުން އެކަކު ވެސް މަހްރޫމް ނުކުރުން ޕްލޭންގައި ހިމަނާފައިވެ އެވެ.