މޯލްޑިވް ގޭސް އިން ކޮންމެ އަހަރަކު ދެ މުވައްޒަފަކަށް ހައްޖު ދަތުރެއް
މޯލްޑިވް ގޭސް އިން ކޮންމެ އަހަރަކު ދެ މުވައްޒަފަކަށް ހައްޖު ދަތުރެއް

މޯލްޑިވް ގޭސްގެ މުވައްޒަފުންގެ ތެރެއިން ކޮންމެ އަހަރަކު ދެ މުވައްޒަފަކަށް ހައްޖު ދަތުރެއް ދޭން އެ ކުންފުނިން ނިންމައި މިއަދު އެކަން އިއުލާނުކޮށްފި އެވެ.

މޯލްޑިވް ގޭސް އިން ކޮންމެ އަހަރަކު ދެ މުވައްޒަފަކަށް ހައްޖު ދަތުރެއް
މޯލްޑިވް ގޭސް އިން ކޮންމެ އަހަރަކު ދެ މުވައްޒަފަކަށް ހައްޖު ދަތުރެއް

މިއަދު ބޭއްވި މޯލްޑިވް ގޭސްގެ 20 ވަނަ އަހަރީ ދުވަހުގެ ހަފުލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒާއިލް ޝިޔާމް ވިދާޅުވީ ހައްޖު ދަތުރު ދޭން އެ ކުންފުނިން ނިންމީ ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

މޯލްޑިވް ގޭސް އިން ކޮންމެ އަހަރަކު ދެ މުވައްޒަފަކަށް ހައްޖު ދަތުރެއް
މޯލްޑިވް ގޭސް އިން ކޮންމެ އަހަރަކު ދެ މުވައްޒަފަކަށް ހައްޖު ދަތުރެއް

ޝަޒާއިލް ވިދާޅުވީ ކުންފުނީގެ ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާ އަކީ މުވައްޒަފުން ކަމަށާއި ކުންފުނީގެ ކުރިމަގަކީ ވެސް އެއީ ކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ކުންފުނީގައި ޓެކްނިކަލް މުވައްޒަފުން މަދުކަން ފާހަގަކުރައްވައި ޝަޒާއިލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން ސްކޮލާޝިޕް ދީގެން ފަންނުވެރި މުވައްޒަފުން އުފައްދާނެ ކަމަށެވެ.

"ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން މުވައްޒަފުންގެ ކުރިމަގާމެދު ވިސްނަނީ މަދު ކުންފުންޏަކުން. އަޅުގަނޑުމެން މުވައްޒަފުން ކުރިއެރުވުމަށް ސްކޮލާޝިޕްތައް ދީގެން ނަމަވެސް އެ ލިބެންޖެހޭ ތަމްރީންތައް ހޯދައިދޭނަން. އެހެންވީމާ އަންނަ ދެތިން އަހަރު ތެރޭ މި ކުންފުނީގައި ތިބޭނީ ތަޖުރިބާކާރު ޓެކްނީޝަނުންނާއި މެކޭނިކަލް ބޭފުޅުން،" ޝަޒައިލް ވިދާޅުވި އެވެ.

މޯލްޑިވް ގޭސްގެ ހުޅުމާލެ ސޭލްސް ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތުގައި ޝަޒާއިލްގެ އިތުރުން އެ ކުންފުނީގެ ޗެއާމަން އަހުމަދު ޝިފާން ވެސް ބައިވެރިވެ ވަޑައިގަތެވެ.

މި ހަފުލާގައި އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ގުރުއަތުން ހޮވުނު ފަރާތްތަކަށް ވަނީ ހަދިޔާ ވެސް ދީފަ އެވެ.