އިންޑަސްޓްރިއަލް ޒޯންގައި ހުރި ބާ ވެހިކަލްތަކެއް އުކާލައިފި
އިންޑަސްޓްރިއަލް ޒޯންގައި ހުރި ބާ ވެހިކަލްތަކެއް އުކާލައިފި

މާލޭ އިންޑަސްޓްރިއަލް ޒޯންގައި ހުރި ބާ ވެހިކަލްތަކެއް ފުލުހުން މިއަދު އުކާލައިފި އެވެ.

އިންޑަސްޓްރިއަލް ޒޯންގައި ހުރި ބާ ވެހިކަލްތަކެއް އުކާލައިފި
އިންޑަސްޓްރިއަލް ޒޯންގައި ހުރި ބާ ވެހިކަލްތަކެއް އުކާލައިފި

ކެމިކަލާއި ލަކުޑި ގުދަން އަދި ގަރާޖާއި ވޯކްޝޮޕް ފަދަ ތަންތަން ބަދަލުކުރުމަށް މާލޭގެ ހުޅަނގު ދެކުނު ފަރާތް ހިއްކައިގެން ކުރީގެ ސަރުކާރުން ހަދާފައިވާ ސަރަހައްދު މިހާރު އޮތީ ބާ އުޅަނދުތަކުން ފުރިފަ އެވެ. ފުލުހުން އާއްމުކުރި ފޮޓޯތަކުގައިވާ ގޮތުން އެތަނުގައި ހުއްޓައި އުކާލީ ބާވެ، ދަބަރަށް ވެފައި ހުރި ވެހިކަލްތަކެކެވެ.

އިންޑަސްޓްރިއަލް ޒޯންގައި ހުރި ބާ ވެހިކަލްތަކެއް އުކާލައިފި
އިންޑަސްޓްރިއަލް ޒޯންގައި ހުރި ބާ ވެހިކަލްތަކެއް އުކާލައިފި

އޭގެތެރޭގައި ޕިކަޕާއި ކާރާއި ސައިކަލްތައް ހިމެނެ އެވެ. އެ ސަރަހައްދަށް ވަނީ ގިނަ އަދަދަކަށް ކުނި ވެސް ޖަމާކޮށްފަ އެވެ.

ފުލުހުން ބުނިގޮތުގައި އިންޑަސްޓްރިއަލް ޒޯންގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ބާ ވެހިކަލްތައް ނައްތާލާނެ އެވެ. އިންޖީނު ނެތި ބަހައްޓާފައިވާ ތަކެތި ވެސް ކުނީގެ ގޮތުގައި އުކާލާނެ ކަމަށް ފުލުހުން ބުންޏެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި ގޮނޑުކޮށް އޮތް އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމަށް ފަހު އެތަން ބޭނުންކުރާނީ މާލޭ ވިޔަފާރި ބަނދަރު ސަރަަހައްދުގައި ބޭނުންކުރާ ބޮޑެތި ވެހިކަލްތައް ޕާކްކުރާ ތަނެއްގެ ގޮތުގަ އެވެ.

އޭގެ އިތުރުން އެ ސަރަހައްދުގެ އެއް ބަޔަކީ އާއްމުންނަށް ވަދެ އުޅެވޭ، ބައެއް ކުޅިވަރުތައް ވެސް ކުޅެވޭ ސަރަހައްދަކަށް ބަދަލުކުރަން ނިންމާފައިވާ ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި އެސްޓީއޯ އިން ވިއްކާ ކޮންކްރީޓް މިކްސްގެ މަސައްކަތް ކުރަން ވެސް އެ ތަނުން ސަރަހައްދެއް ދޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.