އިންޑިއާގެ އާމީ ޗީފް، ރައީސާ ބައްދަލުކުރައްވައިފި
އިންޑިއާގެ އާމީ ޗީފް، ރައީސާ ބައްދަލުކުރައްވައިފި

އިންޑިއާގެ ޗީފް ޖެނެރަލް ބިޕިން ރާވަތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އިންޑިއާގެ އާމީ ޗީފް، ރައީސާ ބައްދަލުކުރައްވައިފި
އިންޑިއާގެ އާމީ ޗީފް، ރައީސާ ބައްދަލުކުރައްވައިފި

އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ މި ޒިޔާރަތުގައި ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމުން އެންމެ އިސްކަންދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ.

އިންޑިއާގެ އާމީ ޗީފް، ރައީސާ ބައްދަލުކުރައްވައިފި
އިންޑިއާގެ އާމީ ޗީފް، ރައީސާ ބައްދަލުކުރައްވައިފި

ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޒައާމަތުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ. މޯދީ މި ފަހުން ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރަކީ އޭގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ޓެރަރިޒަމާ ދެކޮޅަށް ދެ ގައުމު ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކާއި ހާއްސަކޮށް ދިފާއީ ކަންކަމާއި ސަލާމަތީ ކަންކަމުގައި އިންޑިއާއިން ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޗީފް އާމީ ވަނީ އޭނާއަށާއި އޭނާގެ ވަފުދަށް ބެހެއްޓެވި ގާތްކަމާއި އަދާކުރެއްވި މެހުމާންދާރީ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މިދިޔަ އާދިއްތަ ދުވަހު ރާއްޖެ ވަޑައިގެން ބިޕިން ވަނީ ސިފައިންގޭގެ އިސްވެރިންނާ ބައްދަލުކުރައްވައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ.