ހާޖަރާގެ ތަޅާލައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި
ހާޖަރާގެ ތަޅާލައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

ބާވެ ފިޔަވަޅު އަޅަން އެދިފައިވާ، ހ. ހާޖަރާގެ ތަޅާލައިދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން އިއްޔެ އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ އެ މަސައްކަތާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ފަހު ބީލަން ހުޅުވުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ މެންދުރު 1:00 ގައި ކަމަށެވެ.

މަސައްކަތަށް ހުށަހަޅާ ޖުމްލަ އަގު 250،000ރ. އަށް ވުރެ ބޮޑުނަމަ، ބިޑް ސެކިއުރިޓީގެ ގޮތުގައި 2500ރ. ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 120 ދުވަހެވެ. ބިޑް އެވޯޑްވާ ފަރާތުން އަގުގެ ހަތް ޕަސެންޓުގެ ޕާފޯމެންސް ގެރެންޓީއެއް ހުށަހަޅަން ޖެހޭނެ ކަމަށް ބުންޏެވެ.

ހާޖަރާގެ އަކީ ވެށިފަހި މާލެ ޕްރޮގްރާމުގެ ތެރެއިން ބަދަލުދީ ދައުލަތަށް ނަގާފައިވާ ގެއެކެވެ.

އެ ގެއާ އެކު އިތުރު 10 ގެއަކަށް ފިޔަވަޅު އަޅައިދިނުމަށް ޕްލޭނިން މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް ފޮނުވި އެވެ. އެ ތަންތަނަކީ، ހ. ލޮބީ، ހ. ތަންބީ، ހ. އަސްފަރު، މ. އާޝިޔާމަންޒިލް، މ. ބުރަދަމާގެ، މ. ކައުސަރް، މއ. އެވާގްލޯރީ، މއ. ކަނބާލިފަރު، ހ. ރުއްދޮށިގެ އަދި މ. ރަބީއުވިލާ އެވެ.