މާލީ ދާއިރާ އަށް އުމުރުން ދުވަސްވީ މީހުން ހޭލުންތެރި ކުރުމަށް ބައްދަލުވުމެއް ބާއްވައިފި
މާލީ ދާއިރާ އަށް އުމުރުން ދުވަސްވީ މީހުން ހޭލުންތެރި ކުރުމަށް ބައްދަލުވުމެއް ބާއްވައިފި

ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އާއި އޭޖްޑް ކެއާ މޯލްޑިވްސް ގުޅިގެން މާލީ ދާއިރާ އަށް ހޭލުންތެރިކުރުވުމުގެ ބޭނުމުގައި އުމުރުން ދުވަސް މީހުންނަށް ހާއްސަ ބައްދަލުވުމެއް ބާއްވައިފި އެވެ.

މާލީ ދާއިރާ އަށް އުމުރުން ދުވަސްވީ މީހުން ހޭލުންތެރި ކުރުމަށް ބައްދަލުވުމެއް ބާއްވައިފި
މާލީ ދާއިރާ އަށް އުމުރުން ދުވަސްވީ މީހުން ހޭލުންތެރި ކުރުމަށް ބައްދަލުވުމެއް ބާއްވައިފި

މި ބައްދަލުވުމުގައި ބޭންކިން އާއި ރައްކާތެރި ގޮތުގައި އޮންލައިން ބޭންކިން ބޭނުންކުރުމާ ގުޅޭ މައުލޫމާތު ވަނީ ދީފަ އެވެ. އަދި އެކި ކުންފުންޏާއި މުއައްސަސާތަކުގެ ނަމުގައި ގުޅައި އޮޅުވާލައިގެން ފައިސާ ހޯދުމަށާއި ކާޑުގެ މައުލޫމާތު ހޯދަންކުރާ މަސައްކަތްތަކަށް ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ މައުލޫމާތު ވެސް ވަނީ ހިއްސާކޮށްފަ އެވެ. މީގެ އިތުރުން ބޭންކުން ވަނީ އޮންލައިންކޮށް ހިދުމަތްތައް ހޯދުމުގައި ސަމާލުވާން ޖެހޭ ބައެއް މުހިންމު ކަންކަން ވެސް ފާހަގަކޮށްފަ އެވެ.

އިންޓަނެޓް، މޮބައިލް އަދި ސެލްފް ސާވިސް ބޭންކިން ޓެކްނޮލޮޖީ އަށް ކުރެވުނު އިންވެސްޓާ އެކު ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ހިދުމަތް ހޯދުމަށް އެކި ވަސީލަތްތައް ހޯދައިދެވި އަދި ކަސްޓަމަރުންނަށް ލުއިފަސޭހަކަމާ އެކު ހިދުމަތް ހޯދޭނެ ގޮތްތަކާ ގުޅޭ މައުލޫމާތު ބީއެމްއެލްގެ ފަރާތުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވި މީހުންނާ ހިއްސާކޮށްފަ އެވެ.