01 އޮކްޓޯބަރ 2019 - 15:17

މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ބޮޑު ހާދިސާގައި ގެއްލުންވި މީހުންނަށް އައްޑޫ ފޭދޫގެ އެއިމްސް ޑައިގްނޯސްޓިކް ކްލިނިކުން ފައިސާގެ އެހީއެއް ދީފި އެވެ.
އައްޑު އަށް ނިސްބަތްވާ މަޝްހޫރު ވިޔަފާވެރިޔާ މުހައްމަދު ނައީމު (ހެޕީ މާކެޓް) ގެ ނައީމް ހިއްސާ އޮންނަ ކްލިނިކްގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ އަށް ވާ ފައިސާ ވަނީ އެހީ ފޯރުކޮށްދޭ އާއިލާތަކަށް އެހީވާން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ހަވާލުކޮށްފަ އެވެ.
މުވައްޒަފުންގެ އެއް ދުވަހުގެ މުސާރައިގެ ގޮތުގައި ހަދިޔާކޮށްފައި ވަނީ 32،500ރ. އެވެ.
މާލޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަދި އެންމެ ބިރުވެރި އަލިފާނުގެ ހާދިސާގައި ހަ ގެއެއް އަނދައި، 400 އެއްހާ މީހުން ހާލުގައި ޖެހުނެވެ. އަދި އެ މީހުންނަށް އެހީވާން އެކި ފަރާތްތަކުން މިހާރު ވެސް އަންނަނީ ދިލަތި އެހީތައް ފޯރުކޮށް ދެމުންނެވެ. އަދި ސަރުކާރުން ވެސް ވަނީ ގެއްލުންވި ރައްޔިތުންނަށް މާލީ ގޮތުން އެހީ ދޭން ނިންމައިފަ އެވެ.