އެއްވެސް ގައުމަކަށް ޗައިނާ ގުޑުވާލަން ނުކެރޭނެ: ޝީ ޖިންޕިން
އެއްވެސް ގައުމަކަށް ޗައިނާ ގުޑުވާލަން ނުކެރޭނެ: ޝީ ޖިންޕިން

ބެއިޖިން (އޮކްޓޯބަރު 1) - އެއްވެސް ގައުމަކަށް ޗައިނާ ގުޑުވާލަން ނުކެރޭނެ ކަމަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.

އެއްވެސް ގައުމަކަށް ޗައިނާ ގުޑުވާލަން ނުކެރޭނެ: ޝީ ޖިންޕިން
އެއްވެސް ގައުމަކަށް ޗައިނާ ގުޑުވާލަން ނުކެރޭނެ: ޝީ ޖިންޕިން

ޗއިނާގެ ކޮމިއުނިސްޓް ވެރިކަމަށް 70 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި އަސްކަރީ ބޮޑު ޕެރޭޑުގައި ޝީ ޖިންޕިން ވިދާޅުވީ ޗައިނާގެ ބިންގާ ގުޑުވާލަން ކެރޭނެ އެއްވެސް ލަޝްކަރެއް ދުނިޔޭގައި ނެތް ކަމަށެވެ.

އެއްވެސް ގައުމަކަށް ޗައިނާ ގުޑުވާލަން ނުކެރޭނެ: ޝީ ޖިންޕިން
އެއްވެސް ގައުމަކަށް ޗައިނާ ގުޑުވާލަން ނުކެރޭނެ: ޝީ ޖިންޕިން

ބެއިޖިންގެ ޓިއަނަމަން މައިދާނުގެ ރޮސްޓްރަމުން ރައީސް ޝީއާ އެކު ކޮމިއުނިސްޓް ޕާޓީގެ ލީޑަރުން ބައްލަވަމުން ދިޔަ ޕެރޭޑުގައި 15،000 ސިފައިންނާއި ޓޭންކަރު އަދި ޗައިނާގެ އާ ނިއުކްލިއާ މިސައިލްތައް ވަނީ ދައްކާލައިފަ އެވެ. ޕެރޭޑުގައި ވަނީ 580 ބަރު ހަތިޔާރާއި 160 މަތިންދާ ބޯޓު ބޭނުންކޮށްފަ އެވެ. ޗައިނާގެ ރަސްމީ މީޑިއާ އިން ބުނި ގޮތުގައި މިއީ އެ ގައުމުގެ ތާޜީޚުގައި ވެސް ބޭއްވި އެންމެ ބޮޑު އަސްކަރީ ޕެރޭޑެވެ.

އެއްވެސް ގައުމަކަށް ޗައިނާ ގުޑުވާލަން ނުކެރޭނެ: ޝީ ޖިންޕިން
އެއްވެސް ގައުމަކަށް ޗައިނާ ގުޑުވާލަން ނުކެރޭނެ: ޝީ ޖިންޕިން

"ޗައިނާގެ ރައްޔިތުންނާއި ގައުމުގެ ކުރިއެރުން ހުއްޓުވޭނެ ބަޔަކު ނެތް،" މަތިހުޅުވާފައިވާ ކާރެއްގައި ހުންނަވައިގެން ޗައިނާގެ ބާރުގަދަ ލީޑަރު ވިދާޅުވި އެވެ.

ސިފައިންގެ ޕެރޭޑް ކުރިއަށް ދިޔައިރު ވަނީ ހެލިކޮޕްޓަރުތަކުން "70" ރަމްޒުވާ ގޮތަށް ދަތުރުކޮށްފަ އެވެ.

ޕީޕަލްސް ލިބަރޭޝަން އާމީން ވަނީ ޗައިނާގެ އެންމެ ފަހުގެ ޑީއެފް-41 - ނިއުކްލިއާ ގާބިލްކަން ލިބިފައިވާ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ދައްކާލައިފަ އެވެ. މިއީ މުޅި އެމެރިކާއާ ހަމައަށް ވާސިލްވުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ.

ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުކަން ބެއިޖިންގެ ޓިއަނަމަން މައިދާނުގައި ހުންނަވައިި، ކޮމިއުނިސްޓް ޕާޓީގެ ލީޑަރު މާއޯ އިއުލާން ކުރެއްވީ އޮކްޓޯބަރު 1، 1949 ގަ އެވެ.