ކަރަންޓު ވިއުގަ ގުޅާލުމަށް ޓްރާންސްފޯމަރު ބަހައްޓާ އިމާރާތުގެ މަސައްކަތް ފަށައިފި
ކަރަންޓު ވިއުގަ ގުޅާލުމަށް ޓްރާންސްފޯމަރު ބަހައްޓާ އިމާރާތުގެ މަސައްކަތް ފަށައިފި

މާލެ އާއި ހުޅުމާލެ އަދި ހުޅުލެ އަށް އެއް ނެޓްވޯކަކުން ކަރަންޓު ދިނުމަށް މާލޭގައި ޓްރާންސްފޯމަރު ބަހައްޓާ އިމާރާތުގެ މަސައްކަތް ފަށައިފި އެވެ.

ކަރަންޓު ވިއުގަ ގުޅާލުމަށް ޓްރާންސްފޯމަރު ބަހައްޓާ އިމާރާތުގެ މަސައްކަތް ފަށައިފި
ކަރަންޓު ވިއުގަ ގުޅާލުމަށް ޓްރާންސްފޯމަރު ބަހައްޓާ އިމާރާތުގެ މަސައްކަތް ފަށައިފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ، މިހާރު ކުރިއަށްދަނީ އެ އިމާރާތުގެ ކޮންކްރީޓް މަސައްކަތް ކަމަށެވެ. މި މަސައްކަތް ނިމުމުން މާލޭގެ ކަރަންޓްގެ ނިޒާމުގެ ޔަގީންކަން ވަރަށް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މާލެ ސަރަހައްދުގައި ދިމާވާ ކަރަންޓް ކެނޑުމުގެ މައްސަލަ އަށް ހައްލެއް ވެސް ލިބޭނެ އެވެ.

ސްޓެލްކޯ އިން ލަފާކުރަނީ މި މަސައްކަތް އަންނަ އަހަރު ތެރޭ ނިމޭނެ ކަމަށެވެ.

މާލޭގައި ބަހައްޓާ ޓްރާންސްފޯމަރު ސްޓޭޝަންގައި 50 މެގަވޮޓްގެ ދެ ޓްރާންސްފޯމަރު ބަހައްޓާނެ އެވެ. އެއާ އެކުއެކު މާލެ-ހުޅުމާލޭގައި 100 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެ އެވެ.

"މި ޓްރާންސްފޯމަރުތައް މި ބޭނުން ކުރަނީ ހުޅުމާލޭގައި އަޅުގަނޑުމެން އެންމެ ފަހުން އެޅި 50 މެގަވޮޓުގެ ޕަވާ ޕްލާންޓުން ޕަވާ ކެރީ ކުރުމަށްޓަކައި،" އޭނާ ވިދާޅުވި އެވެ.

ބްރިޖް މެދުވެރިކޮށް މާލެ ސަރަހައްދުގެ ކަރަންޓު ވިއުގަ ގުޅާލުމުގެ މަސައްކަތް ކުރަން ނިންމީ 2016 ވަނަ އަހަރު އެވެ. މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ ހަރަދުވެ އެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ ޗައިނާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެންނެވެ.