ވީބީން ކެލޯގްސް ބްރޭންޑްގެ ތިން އުފެއްދުމެއް މާކެޓަށް ނެރެފި
ވީބީން ކެލޯގްސް ބްރޭންޑްގެ ތިން އުފެއްދުމެއް މާކެޓަށް ނެރެފި

ވީބީން ކެލޯގްސް ބްރޭންޑްގެ އިތުރު ތިން އުފެއްދުމެއް ރާއްޖޭގެ މާކެޓަށް ނެރެފި އެވެ.

ވީބީން ކެލޯގްސް ބްރޭންޑްގެ ތިން އުފެއްދުމެއް މާކެޓަށް ނެރެފި
ވީބީން ކެލޯގްސް ބްރޭންޑްގެ ތިން އުފެއްދުމެއް މާކެޓަށް ނެރެފި

ކެލޯގް ބްރޭންޑްގެ ދިހަ ވަރަކަށް އުފެއްދުން މިހާރު ވެސް އެފިހާރަ އިން އަންނަނީ ވިއްކަމުންނެވެ. އަލަށް މާކެޓަށް ނެރުނީ ކެލޯގްސް ޗޮކޯ ފިލްސް އާއި ޗޮކޯސް ވެބްސް އަދި ގްރެނޯލާ އެވެ. މީގެ ތެރެއިން ޗޮކޯސް ވެބްސް އަކީ ކުޑަކުދިންނަށް ހާއްސަ އުފެއްދުމެވެ. ޗޮކޯ ފިލްސް އަކީ ކޮންމެ ވަގުތެއްގައި ވެސް ކާލަން ރަނގަޅު އުފެއްދުމެކެވެ. މީގެ ޗޮކްލެޓާއި ވެނީލާ ފްލޭވާ ހުރެ އެވެ.

ވީބީން ކެލޯގްސް ބްރޭންޑްގެ ތިން އުފެއްދުމެއް މާކެޓަށް ނެރެފި
ވީބީން ކެލޯގްސް ބްރޭންޑްގެ ތިން އުފެއްދުމެއް މާކެޓަށް ނެރެފި

ގްރެނޯލާ އަކީ ސިއްހީ ކަންކަން ސަމާލުވާ މީހުންނަށް ހާއްސަ އުފެއްދުމެކެވެ. ހެލްތީ ބްރެކްފާސްޓެއް ބޭނުންވާ މީހުންނަށް ސިރިއަލްއެއްގެ ގޮތުގައި ބޭނުންކުރެވޭ މި އުފެއްދުން ތައްޔާރުކޮށްފައިވަނީ ގޮވާމުގެ ބާވަތްތަކާއި އާމަންޑާއި ކްރެންބެރީ ވެސް ހިމަނައިގެންނެވެ.

މުޅި ދުނިޔެއަށް މަޝްހޫރު ކެލޯގްސް ބްރޭންޑްގެ އުފެއްދުންތަކަށް ދިވެހިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މި ބްރޭންޑުގެ ސިރިއަލްތަކުގެ ގިނަ ފްލޭވާތަކެއް ވީބީން ލިބެ އެވެ. މި ބްރޭންޑްގެ ތަކެތި އެ ފިހާރައިން ވިއްކާތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ވިީބީން ބުނި ގޮތުގައި ކެލޯގްސްގެ އާ ޕްރޮޑަކްޓްތައް ރާއްޖެއަށް ތައާރަފްކުރީ، ސިރިއަލް ބޭނުން ކުރުމުގައި އާންމުންނަށް ގިނަ ބާވަތްތައް ބޭނުން ކުރުމުގެ ފުރުސަތު ދިނުމަށެވެ.

ރާއްޖޭގައި ކެލޯގްސް ބްރޭންޑްގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރަކީ ވީބީ ބްރަދާސް އެވެ. ކެލޯގްސްގެ އުފެއްދުންތައް އާންމުކޮށް، ކާބޯތަކެތި ވިއްކާ ހުރިހާ ފިހާރައަކުން ވެސް ލިބޭނެ އެވެ.

ރީޓެއިލް ވިޔަފާރީގައި 40 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ވީބީން އަންނަނީ ކޮލިޓީ ރަނގަޅު، މަޝްހޫރު އެތައް ބްރޭންޑެއް ރާއްޖޭގެ މާކެޓަށް ތައާރަފްކުރަމުންނެވެ.