29 ސެޕްޓެމްބަރ 2019 - 18:09

އައިޖީއެމްއެޗްގެ ޒަމާންވީ މިސްކިތް ބަންދުކޮށް، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދު ކުރެވޭގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ދެ ނަމާދު ކޮޓަރި ހުޅުވައިފި އެވެ.
ދެ ނަމާދު ކޮޓަރި ހުންނަނީ ރާއްޖޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލުގެ ފަސް ވަނަ ބުރީގަ އެވެ. އޭސީ ކޮށްފައިވާ އެ ދެ ކޮޓަރީގެ ވެސް ޖާގަ ބޮޑެވެ. އެތަނުގައި ވަނީ ކާޕެޓް އަޅައިފަ އެވެ.
އެ ދެ ނަމާދު ކޮޓަރީގެ އިތުރުން އެ ހޮސްޕިޓަލުގެ ވޯޑްތަކުގައި ވެސް ނަމާދު ކުރެވޭގޮތަށް ކޮންމެ ވޯޑެއްގައި ވެސް ވަނީ ސަރަހައްދެއް ކަނޑައަޅާފަ އެވެ. އެތަނުގައި މުސައްލަ ބަހައްޓާފައިވެ އެވެ.
ތާޖުއްދީން ސްކޫލާ ދިމާލު ގޭޓުން ވަންނައިރު ހުންނަ އައިޖީއެމްއެޗްގެ މިސްކިތް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އެތަނުގައި އިމާމަކު ހުންނައިރު ފަސް ވަގުތު ޖަމާއަތުގައި ނަމާދު ކުރަމުން އައެވެ.