22 ސެޕްޓެމްބަރ 2016 - 13:34

އިދިކޮޅު ކޯލިޝަނުން މިމަހު މާލޭގައި ބޭއްވި މުޒާހަރާގައި ހައްޔަރުކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތިން މެމްބަރުން މިއަދު ބަންދުން ދޫކޮށްލައިފި އެވެ.
އިދިކޮޅު ކޯލިޝަނުން މި މަހުގެ އަށް ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ހައްޔަރުކުރީ އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ އާއި ފުޓްބޯޅަ ކުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ) އަދި މުހައްމަދު ވަހީދެވެ. އެ މީހުންގެ ބަންދަށް 13 ދުވަސް ކްރިމިނަލް ކޯޓުން އޮތީ އިތުރުކޮށްދީފަ އެވެ.
ފުލުހުން ބުނީ އެ ތިން މީހުން ދޫކޮށްލީ ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވާތީ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.
އެރޭގެ މުޒާހަރާގައި އެ ތިން މީހުންގެ އިތުރުން ބައެއް ނޫސްވެރިން ވެސް ހައްޔަރުކުރި އެވެ. އެކަމަކު އެ މީހުން އެރޭ ވަނީ ދޫކޮށްލައިފަ އެވެ.