29 ސެޕްޓެމްބަރ 2019 - 12:18

ޓޫރިސްޓް ޕޮލިސްގެ ހެލްޕް ޑެސްކްތަކެއް ހުޅުމާލޭގައި އިއްޔެ ބަހައްޓައިފި އެވެ.
ހުކުރު ދުވަހު ފާހަގަކުރި ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން މި ހެލްޕް ޑެސްކުތައް ބަހައްޓާފައިވަނީ ޓޫރިސްޓުން އެންމެ ގިނަ ކަމަށް ފާހަގަކުރެވޭ ތަންތަނުގައި ކަމަށާއި ޓޫރިސްޓުންނަށް ދިމާވާ މައްސަލަތައް ގާތުން ބަލައި އެހީވެދޭނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
ޓޫރިސްޓުންނަށް ރައްކާތެރި އަދި އަމާން މާހައުލެއް ހޯދައިދޭން އެ ދާއިރާގައި މަސައްކަތްކުރާ އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހެލްޕް ޑެސްކުތައް ބަހައްޓަން ބޭއްވި ހަފުލާގައި ޓޫރިސްޓުންނާއި އާންމުންނަށް ހުޅުވާލައިގެން މޫދު ކުޅިވަރުތަކެއް ކުރިއަށް ގެންދިޔަ އެވެ.