ކާނި ވިލެޖް އެންޑް ސްޕާ އަށް ޓްރިޕް އެޑްވައިޒާގެ ހޯލް އޮފް ފޭމް
ކާނި ވިލެޖް އެންޑް ސްޕާ އަށް ޓްރިޕް އެޑްވައިޒާގެ ހޯލް އޮފް ފޭމް

ރާއްޖޭގައި އެންމެ ފުޅާކޮށް ލޯކަލް ޓޫރިޒަމް ހިންގާ ކާނި ހޮޓެލްސްގެ ކާނި ވިލެޖް އެންޑް ސްޕާ އަށް ޓްރިޕް އެޑްވައިޒާގެ ހޯލް އޮފް ފޭމް އެވޯޑް ލިބިއްޖެ އެވެ.

ކާނި ވިލެޖް އެންޑް ސްޕާ އަށް ޓްރިޕް އެޑްވައިޒާގެ ހޯލް އޮފް ފޭމް
ކާނި ވިލެޖް އެންޑް ސްޕާ އަށް ޓްރިޕް އެޑްވައިޒާގެ ހޯލް އޮފް ފޭމް

މިއީ، ޖެހިޖެހިގެން ފަސް އަހަރު ޓްރިޕް އެޑްވައިޒާގެ ސެޓްފިކެޓް އޮފް އެކްސެލެންސް ލިބުމުން ދޭ އެވޯޑެކެވެ. މި ސެޓްފިކެޓަކީ ޓްރިޕް އެޑްވައިޒާ މެދުވެރިކޮށް، ހޮޓާތަކާއި ރިސޯޓުތަކަށް ބުކިންސް ހަދާ ޓޫރިސްޓުން ދޭ ރޭޓިންގެ މައްޗަށް ބިނާކޮށް ދޫކުރާ ސެޓްފިކެޓެކެވެ.

ކާނި ހޮޓެލްސް އިން ރާއްޖޭ ގައި ހަތަރު ހޮޓަލެއް ހިންގަ އެވެ. އަދި ރާއްޖޭގައި އެންމެ ބޮޑު ޓޫރިސްޓު ހޮޓާ ހުޅުވުމުގެ ތައްޔާރީތައް ވެސް އެ ކުންފުނިން އަންނަނީ ވަމުންނެވެ. މުޅި އެކު، 106 ކޮޓަރީގެ މި ހޮޓަލަކީ ރާއްޖޭގައި ތަރައްގީ ކުރާ އެންމެ ބޮޑު ހޮޓާ ކަމަށް ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ސީއީއޯ އަބްދުﷲ ނާޝިދު ވިދާޅުވި އެވެ.

ފެބްރުއަރީ 1، 2020 ގައި "ކާނި ޕާމް ބީޗް" ގެ ނަމުގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ މި ހޮޓަލުގައި ރޫފް ޓޮޕް އިންފިނިޓި ޕޫލެއްގެ އިތުރުން ދެ ރެސްޓޯރެންޓާއި ސްޕާ އަކާއި ސެލޫނެއްގެ އިތުރުން 130 މީހުންގެ ޖާގައިގެ ބެންކުއެޓް ހޯލެއް ހުންނާނެ އެވެ. މި ހޮޓަލާ އެކު ކާނި ހޮޓެލްގެ ކޮޓަރީގެ އަދަދު 212 އަށް އަރާނެ އެވެ.

ކާނި ހޮޓެލްސް އިން މިހާރު ހިދުމަތް ދޭ ހޮޓެލްތަކުގެ ތެރޭގައި ކާނި ބީޗް ހޮޓަލާއި، ކާނި ގްރޭންޑް ސީވިއު އާއި ކާނި ލޮޖް އަދި ކާނި ވިލެޖް އެންޑް ސްޕާ ހިމެނެ އެވެ.

ކާނި ހޮޓެލްސް އިން ވަނީ އެ ތަނުގެ ހޮޓާތައް ޕްރޮމޯޓް ކުރުމަށްޓަކައި ޔޫރަޕްގެ ބައެއް ގައުމުތަކުގައި އިޝްތިހާރު ބޯޑުތައް ވެސް ބަހައްޓަން ފަށައިފަ އެވެ.