ބްރިޖު ބަލަން އަޅާ ޕްލެޓްފޯމް މަޝްރޫއުގެ އަގު އަށް މިލިއަން، 350 މީހުންނަށް ތިބެވޭނެ
ބްރިޖު ބަލަން އަޅާ ޕްލެޓްފޯމް މަޝްރޫއުގެ އަގު އަށް މިލިއަން، 350 މީހުންނަށް ތިބެވޭނެ

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް ކުރިއަށް ދާ މަންޒަރު ބަލަން ލޮނުޒިޔާރަތްކޮޅުގައި އަޅާ ޕްލެޓްފޯމް ހިމެނޭ މަޝްރޫއު އަށް، އަށް މިލިއަން ރުފިޔާ ހޭދަވާނެ ކަމަށާއި އެތަނުގައި އެއް ފަހަރާ 350 މީހުންނަށް ތިބެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ. އެކަމަކު އެ މަޝްރޫއަށް ހުރިހާ ހަރަދެއް ކުރަނީ، މަޝްރޫއު ހަވާލުކުރި، ނިއުޕޯޓް ހިންގާ ކުންފުނި، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ،

ބްރިޖު ބަލަން އަޅާ ޕްލެޓްފޯމް މަޝްރޫއުގެ އަގު އަށް މިލިއަން، 350 މީހުންނަށް ތިބެވޭނެ
ބްރިޖު ބަލަން އަޅާ ޕްލެޓްފޯމް މަޝްރޫއުގެ އަގު އަށް މިލިއަން، 350 މީހުންނަށް ތިބެވޭނެ

ރެސްޓޯރެންޓެއް ވެސް ހިމެނޭ ގޮތަށް ހަދާ މި ޕްލެޓްފޯމް މަޝްރޫއުގެ ބިޑް ކާމިޔާބުކޮށްގެން މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. ސްޓްރާޑާއިން ސޮއިކުރެއްވީ އެ ތަނުގެ ޑިރެކްޓަރު ޒާހިދު ރަމީޒެވެ.

ބްރިޖު ބަލަން އަޅާ ޕްލެޓްފޯމް މަޝްރޫއުގެ އަގު އަށް މިލިއަން، 350 މީހުންނަށް ތިބެވޭނެ
ބްރިޖު ބަލަން އަޅާ ޕްލެޓްފޯމް މަޝްރޫއުގެ އަގު އަށް މިލިއަން، 350 މީހުންނަށް ތިބެވޭނެ

ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިމެއްގައި މި ޕްލެޓްފޯމާއި ރެސްޓޯރަންޓް ހަދަނީ ހެންވޭރު ޕާކްގެ އިރު އުތުރުކޮޅުގަ އެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި އުމްރާނީ ތަރައްގީގައި މިހާތަނަށް ހިންގާ އެންމެ މުހިންމު މަޝްރޫއުގެ ކަންކަން ހިނގާ ގޮތް ވީހާވެސް ގާތުން އާންމުންނަށް ބެލޭނެ ފަދަ ގޮތެއް ސަރުކާރުން ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ.

"މިކަން ދާ ގޮތް ގާތުން ބަލައިލެވޭނެ ފަދަ ގޮތެއް ހަމަޖެހިގެން ދިއުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ހައްގެއް ކަމުގައި ސަރުކާރުން ދެކެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ޕްލެޓްފޯމާއި ރެސްޓޯރަންޓާއި ކުޑަކުދިން ކުޅޭނެ ސަރަހަދެއްގެ އިތުރުން ޕާކިން ޒޯން ހަދަން ވެސް ހޭދަކުރާނީ މަޝްރޫއުއާ ހަވާލުވާ ފަރާތުން ކަމަށެވެ. އަދި އެތަނުން ސަރުކާރަށް ކުލި ވެސް ލިބޭނެ ކަމަށް ވެސް ނިސްޓަރު ވިދާޅުވި އެވެ. އެކަމަކު ކުއްޔަކީ ކިހާ ވަރެއް ކަމެއް ވިދާޅެއްނުވެ އެވެ.

ޕްލެޓް ފޯމް ހަދަނީ ހަ މީޓަރު އުސްމިނުގަ އެވެ. އެތަނާއި ރެސްޓޯރެންޓް ހިންގަން ސްޓްރާޑާއާ ހަވާލުކުރީ ތިން އަހަރުގެ މުއްދަތަކަށެވެ.

ޒާހިދު ވިދާޅުވީ ޕްލެޓްފޯމް ހަދައިގެން ގެންނާނީ ބޭރުން ކަމަށެވެ. ބްރިޖު މަސައްކަތް ކުރާއިރު، ވީހާވެސް ގާތުން ބަލަން ދެ ދުރުމީ ވެސް ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެގްރިމެންޓްގައި ވާ ގޮތަށް، ކަނޑައަޅާފައިވާ މުއްދަތުގައި އެ މަސައްކަތް ނިންމާލަން އަޅުގަނޑުމެން މަސައްކަތްކުރާނަން،" ޒާހިދު ވިދާޅުވި އެވެ.

- ޕްލެޓްފޯމް ހަދަނީ 2000 އަކަ ފޫޓުގެ ބިމެއްގައި

- 100 އުޅަނދުގެ ޕާކިން ޒޯނަށް 2400 އަކަ ފޫޓު

- އައުޓް ޑޯ ކެފޭ އޭރިއާގެ ބޮޑު މިނަކީ 4000 އަކަ ފޫޓު

- ފުޑް އައުޓްލެޓްގެ ބޮޑު މިން 1200 އަކަ ފޫޓު ހުންނާނެ

ޒާހިދު ވިދާޅުވީ އެ ސަރަހައްދު ތަރައްގީކުރަން ފީޒިބިލިޓީ ހެދިއިރު، އާމްދަނީ ހޯދަން ތަފާތު ގޮތްތަކަށް ވިސްނި ކަމަށެވެ. އެ ގޮތުން ކުލީގެ ގޮތުގަ އާއި އިވެންޓް ބާއްވައިގެން ފައިސާ ހޯދަން ވެސް ވިސްނާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒާހިދު ވިދާޅުވި ގޮތުގައި ބިން ހަވާލުކުރިހާ އަވަހަކަށް މަސައްކަތް ފަށައި ތިން މަސް ތެރޭގައި ނިންމާލެވޭނެ އެވެ.

މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ބިން ހަވާލުކުރާނެ ކަމަށެވެ.

ޗައިނާގެ ސީސީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ބްރިޖް މަޝްރޫއުގައި މިހާރު އަންނަނީ ކަނޑު އަޑި އަށް ބޮޑެތި ތަނބުތައް ޖަހަމުންނެވެ.

މި ބްރިޖް އަޅަން ގާތްގަނޑަކަށް 220 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދެނީ ޗައިނާ ސަރުކާރުންނެވެ. އަނެއް ބައި ލޯނެއްގެ ގޮތުގައި ދޭ އިރު ދިވެހި ސަރުކާރުން ވެސް އެ މަޝްރޫއުއަށް ހޭދަކުރެ އެވެ.