އެންމެ ފަހުން ވާވު އަތޮޅު "ވާއު އެޓޯލް" އަށް!
އެންމެ ފަހުން ވާވު އަތޮޅު "ވާއު އެޓޯލް" އަށް!

ވާވު އަތޮޅަކީ ރާއްޖޭގައި އެންމެ ކުޑަ އާބާދީ އޮތް އަތޮޅެވެ. އެކަމަކު ފަސް ރަށުގައި ގާތްގަނޑަކަށް 2،000 މީހުން އުޅުނަސް މިއީ ރާއްޖޭގެ ރީތިކަން އެންމެ ފުރިހަމައަށް ފެންނާނެ އެއް އަތޮޅެވެ. އެ ރީތިކަން، ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރަން "ވާވު"ގެ ނަން ވެސް ވަނީ ބަދަލުވެފަ އެވެ. ހޭޝްޓެގެއްގެ ގޮތުގައި "ވާއުއެޓޯލް" ބޭނުންކުރާތާ އެތައް ދުވަހެކެވެ. އެކަމަކު ޓޫރިޒަމް ދުވަހުގެ ރަސްމިއްޔާތެއްގެ ތެރޭގައި އެ ނަމަށް ސަމާލުކަން ލިބުނީ އަދި ކިރިޔާ އެވެ.

އެންމެ ފަހުން ވާވު އަތޮޅު "ވާއު އެޓޯލް" އަށް!
އެންމެ ފަހުން ވާވު އަތޮޅު "ވާއު އެޓޯލް" އަށް!

"އެ ދަމައިގަތީ މިފަދަ އިވެންޓެއް ބޭއްވުމުގެ ބޭނުން. އެބޭފުޅުން އެނެގީ ޓެގްލައިން. އެއީ ޖަޒީރާވަންތަކަމަކީ،" ޓޫރިޒަމް ދުވަސް ފާހަގަކުރަން ވ. ކެޔޮދޫގައި އޮތް ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

އެންމެ ފަހުން ވާވު އަތޮޅު "ވާއު އެޓޯލް" އަށް!
އެންމެ ފަހުން ވާވު އަތޮޅު "ވާއު އެޓޯލް" އަށް!

"ޓޫރިޒަމް ދުވަހުގެ ހަރަކާތްތައް ފަށަމުން ވ އަތޮޅު ދަމައިގަނެވި މި އަތޮޅުގެ ޓެގްލައިން."

އެންމެ ފަހުން ވާވު އަތޮޅު "ވާއު އެޓޯލް" އަށް!
އެންމެ ފަހުން ވާވު އަތޮޅު "ވާއު އެޓޯލް" އަށް!

އަލީ ވަހީދު އެކަން ފާހަގަކުރެއްވުމާ އެކު ޓޫރިޒަމް ދުވަހުގެ ހަރަކާތްތަކުގައި އެންމެން ވެސް ދެން ސޯޝަލް މީޑިއާގައި ބޭނުންކުރަމުން ގެންދިޔައީ "ވާއުއެޓޯލް" އެވެ.

ވ. އަތޮޅަށް ދާ ޓޫރިސްޓުންނާއި އެ އަތޮޅުގެ ގެސްޓްހައުސްތަކުން "ވާއުއެޓޯލް" ޓެގްލައިން ބޭނުން ކުރާތާ ފުދޭވަރަކަށް ދުވަސް ވެއްޖެ އެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން މި ޓެގް ބޭނުން ކޮށްފައި ހުރިކަން ޓްވިޓާއިން ވެސް އެނގެ އެވެ.

މިކަން އެންމެ ފުރަތަމަ ފެށުނީ ގެސްޓްހައުސް ވިޔަފާރީގެ ތެރެއިންނެވެ. ބޭރު ގައުމުތަކުން އަންނަ ޓޫރިސްޓުންނަށް "ވާވު އެޓޯލް" ކިޔަން އުޅޭ އިރު ބުނެވެނީ "ވާއު އަޓޯލް"ގެ އަޑާ އެކު އެވެ. އެގޮތުން ވާވު އަތޮޅަށް އައިސް ނަގާ ފޮޓޯތައް ޓެގްކޮށްލަނީ "ވާއުއެޓޯލް" ޖަހައިގެންނެވެ. ސޯޝަލް މީޑިޔާގެ ޕްލެޓްފޯމުތައް ބޭނުންކޮށްގެން މި ޓެގްލައިން ގިނަ ބަޔަކު ބޭނުން ކުރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

މީގެ ކުރިން މި ޓެގްލައިން މަޝްހޫރުވީ ވ. އަތޮޅު މީހުންނާއި އެ އަތޮޅަށް ޗުއްޓީއަށް ދާ ޓޫރިސްޓުންގެ މެދުގަ އެވެ. ނަމަވެސް ޓޫރިޒަމް ދުވަސް ފާހަގަކުރަން މި ބޭއްވި ހަރަކާތާ އެކު މުޅި ރާއްޖެއަށް ވާވު އަތޮޅަކީ، ސޯޝަލް މީޑިއާގައި، "ވާއުއެޓޯލް" އަށް ވުން ކައިރި އެވެ.

ޓޫރިޒަމް ދުވަހުގެ ހަރަކާތްތަކުގެ ފޮޓޯތައް ވެސް ގިނަ ބަޔަކު "ވާއުއެޓޯލް" ޓެގްކޮށް ސޯޝަލް މީޑިޔާގައި ހިއްސާކޮށްފަ އެވެ. ވާވު އަތޮޅުގައި އެ ދުވަހުގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ފުރިހަމައަށެވެ.

ޓޫރިޒަމް ދުވަހުގެ ގިނަ ހަރަކާތްތައް އޮތީ ވ. ކެޔޮދޫގަ އެވެ. އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށުގެ ކައުންސިލްގެ ރައީސް އަހުމަދު ޔޫސުފް ވިދާޅުވީ މިފަދަ ބޮޑު ހަރަކާތެއް ބޭއްވުމުގައި ރަށުގެ ކުދި ބޮޑު އެންމެން ބައިވެރިވި ކަމަށެވެ.

"ހަފްތާއެއްހާ ދުވަސް ލިބުނީ ތައްޔާރުވާން. މޫސުން ގޯސްވުމާ އެކު ގޮންޖެހުންތައް ދިމާވި. އެކަމަކު ވެސް މަސައްކަތް ކުރީ ރަށަށް އެރި އެންމެން ވެސް ހިނިތުންވުމާ އެކު ފައިބައިގެން ދާން،" ޔޫސުފް ވިދާޅުވި އެވެ.

ކެޔޮދޫގައި އޮތް ހުރިހާ ހަރަކާތެއްގައި ވެސް ދިވެހިވަންތަކަން ދައްކައިދޭން މަސައްކަތްކުރި އެވެ.

މިކަން އެރަށަށް އެރި މެހެމާނުންނަށް ދިން މަރުހަބަގެ "މާބޮނޑިތަކުން" ވެސް ފެނުނެވެ. އެކަމަކު އެއީ މާބޮނޑިއެއް ނޫނެވެ. އެ ހަދާފައި ހުރީ ފުޅައްޕާއި އިހަލުގެ ވައްޕައިގެ އިތުރުން ރޯނު ބޭނުންކޮށްގެނެވެ. މި މަސައްކަތް ކުރީ އެރަށު ސްކޫލު ޓީޗަރުންނެވެ. މެހެމާނުންނަށް އެރުވި މި ހަދިޔާ އަކީ އެރަށުން ލިބުނު ސުވެނިއާއެކެވެ.

މީގެ އިތުރުން އެރަށުގައި ބޭއްވި ދިވެހި ބޮޑު ކެޔުމަށް 60 އަށް ވުރެ ގިނަ ބާވަތް ތައްޔާރުކުރީ ވެސް ރަށުގެ ރައްޔިތުންނެވެ. މި ހުރިހާ ކަމެއް ކުރީ އެރަށުގެ 11 ގެސްޓްހައުސް ވެސް ބައިވެރިވެގެންނެވެ. ކެޔޮދުއަކީ ގެސްޓްހައުސް ވިޔަފާރި ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ރަށެކެވެ. އެރަށުގައި މިހާރު ވެސް 170 އެނދު އެބަ ހުއްޓެވެ.

ޓޫރިޒަމް ދުވަހުގެ ބައެއް ހަރަކާތްތައް އެ އަތޮޅު ތިނަދޫގައި ވެސް ކުރިއަށްދިޔަ އެވެ. ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ޝިފާގު ހުސައިން ވިދާޅުވީ އެރަށުގައި ޓޫރިޒަމް ދުވަހަށް އައި މެހެމާނުންނަށް، ރަށު ފެންވަރުން އެންމެ ފުރިހަމައަށް ކަންކަން ކޮށްދިނެވެ.

"މިހާރު އެނގޭނެ މިކަމަކީ ކިތަންމެ މަދު ބަޔަކަށް ވެސް ވާނެ ކަމެއްކަން. ރަށް ތައްޔާރު ކުރުމުގައި ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު،" ޝިފާގު ވިދާޅުވި އެވެ.

ތިނަދުއަކީ ވ. އަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ހިންގާ އެއް ރަށެވެ. ހަ ގެސްޓްހައުސްގައި ގާތްގަނޑަކަށް 200 އެނދު އޮޕަރޭޓްކުރެ އެވެ.

ޓޫރިޒަމްގެ އެންމެ ބޮޑު އިވެންޓް ރާއްޖޭގެ އެންމެ ކުޑަ އަތޮޅުގައި ބޭއްވުމުގެ ސަބަބުތައް ވަރަށް ގިނަ އެވެ. މިއީ މާލެ އަތޮޅު ނެގުމަށް ފަހު ގެސްޓްހައުސްތަކުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އަތޮޅެވެ. އެވްރެޖުކޮށް ކޮންމެ މަހަކު އެ އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި 200،000ރ ދައުލަތަށް ދައްކަ އެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ހަތް މަހު ވ. އަތޮޅުން 1.7 މިލިއަން ރުފިޔާ ވަނީ ދައުލަތުގެ އާމްދަނީއަށް ވައްދައިފަ އެވެ.

ރާއްޖޭގެ އެންމެ ކުޑަ އަތޮޅުގެ މަންޒަރު ބަދަލުކޮށްލީ ގެސްޓްހައުސް ވިޔަފާރިންނެވެ. އެހެންކަމުން "ވާއުއެޓޯލް"ގެ ގޮތުގައި ޓެގްލައިންތައް ބޭނުންކުރުމަކުން މައްސަލައެއް ނެތެވެ. އެހާ ވެސް ބޮޑަށް އެ އަތޮޅުން ދުނިޔޭގެ އެކި ގައުމުތަކުގެ ގެސްޓުންނަށް ރާއްޖޭގެ ރީތިކަމުން ހައިރާންކަން ގެނެސްދީފި އެވެ. އާޝޯހުކޮށްދީފި އެވެ.