ރަޔަން ރެނޮލްޑްސްގެ "ކްލޫ" ޑައިރެކްޓްކުރަން ޖޭޒަން ބޭޓްމަނަށް
ރަޔަން ރެނޮލްޑްސްގެ "ކްލޫ" ޑައިރެކްޓްކުރަން ޖޭޒަން ބޭޓްމަނަށް

ޑިޒްނީ އާއި ފޮކްސްއާ ގުޅިގެން، މަޝްހޫރު އެކްޓަރު ރަޔަން ރެނޮލްޑްސް ޕްރޮޑިއުސްކޮށް، ކުޅޭ ފިލްމު "ކްލޫ" ޑައިރެކްޓްކޮށް، އޭގެ މުހިއްމު ރޯލެއް ވެސް ކުޅެން ޖޭޒަން ބޭޓްމަން އަށް ހުށަހަޅައިފި އެވެ.

ޑްރާމާ ސިލްސިލާ "އޮޒާކް" ޑައިރެކްޓްކޮށްގެން މިދިޔަ އާދީއްތަ ދުވަހު 71 ވަނަ އެމީ އެވޯޑްސްގެ އައުޓްސްޓޭޑިން ޑައިރެކްޓަރުގެ އެވޯޑް ވެސް އުފުލައިލި ޖޭޒަން އަކީ މިހާތަނަށް އެތައް ފިލްމަކާއި ޓީވީ ސިލްސިލާއެއް ވެސް ކުޅެފައިވާ އެކްޓަރެކެވެ.

އޭނާ އެންމެ ފަހުން ފެނުނު ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ގޭމް ނައިޓް" އެވެ. ރަޔަން އާއި ޖޭޒަން އެކީގައި ފިލްމުތަކެއް ވެސް ކުޅެފައިވެ އެވެ. އެއީ 2006 ގެ "ސްމޯކިން އޭސެސް" އާއި 2011 ގެ "ދަ ޗޭންޖަޕް" އެވެ.

ޑައިރެކްޓްކޮށް، ރޯލެއް ކުޅެން ޖޭޒަން އަށް ހުށަހެޅި "ކްލޫ" އަކީ ބޯޑް ގޭމް ކްލޫ އަށް ބިނާކޮށް ހަދާ ފިލްމެކެވެ. ނަމަވެސް މި ފިލްމަށް އޭނާ އެއްބަސްވިކަން އަދި ކަށަވަރު ނުވިޔަސް، ޖޭޒަން ފިލްމާ ހަވާލުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެރައިޓީން ބުންޏެވެ

"ކްލޫ" އާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މީގެ ސްކްރީންޕްލޭ މިހާރު ވަނީ ވަނީ ރަޔަންގެ "ޑެޑްޕޫލް" ލިޔުންތެރިން ކަމަށްވާ ރިޓް ރީޒް އާއި ޕޯލް ވާނިކާ ހަވާލުކޮށްފަ އެވެ.