ކަލަ ބޭންކުގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
ކަލަ ބޭންކުގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

ފުޅާ ދާއިރާއެއްގައި ކޮލިޓީ ރަނގަޅު ކުލަ ވިއްކަމުން އަންނަ ކަލާ ބޭންކުގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

"ކަލަ ބޭންކް ހޯމް"ގެ ނަމުގައި މި ފިހާރަ ހުޅުއްވައިދެއްވީ ކޯ ލޯޑް މޯލްޑިވްސް ޑިރެކްްޓަރު އާސިމާ އަލީ އެވެ. ހުޅުމާލޭ ނިރޮޅު މަގުގަައި ހުޅުވި މި ފިހާރައަކީ ކަލަ ބޭންކުން ހުޅުމާލޭގައި ހުޅުވި ފުރަތަމަ ފިހާރަ އެވެ.

މި ފިހާރައިން ކަލާ ބޭންކުގެ އެހެން ފިހާރަތަކާ ހިލާފަށް ގެ ޒީނަތްތެރި ކުރުމަށް ބޭނުންވާ ސާމާނާއި ބަދިގޭގެ ސާމާނު ލިބެން ހުންނާނެ އެވެ. މީގެ ތެރޭގައި ކެއްކުމަށް ބޭނުންވާ ސާމާނާއި ކާ ތަށްޓާއި ވޯލް ޕޭޕާތަކުގެ އިތުރުން ފާރު ޒީނަތްތެރި ކުރާ ސާމާނު ހިމެނެ އެވެ.

މީގެ އިތުރުން ކަލަ ބޭންކުގެ އެހެން ފިހާރަތަކޭ އެއްގޮތަށް މި ފިހާރައިން ވެސް ދުނިޔޭގެ ނަން މަޝްހޫރު ކޮލިޓީ ރަނގަޅު ކުލަ ލިބެން ހުންނާނެ އެވެ.

ކަލަ ބޭންކުން ބުނީ އެ ކުންފުނިން މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ކޮލިޓީ ރަނގަޅު ބްރޭންޑުތަކާއި އުފެއްދުންތައް ފޯރުކޮށްދިނުމަށް ކަމަށެވެ.