ޗައިނާގެ 17 ބިލިއަން ޑޮލަރުގެ ސްޓާފިޝް އެއާޕޯޓް ހުޅުވައިފި
ޗައިނާގެ 17 ބިލިއަން ޑޮލަރުގެ ސްޓާފިޝް އެއާޕޯޓް ހުޅުވައިފި

ބެއިޖިން (ސެޕްޓެމްބަރު 25) - ޗައިނާގެ 120 ބިލިއަން ޔުއާން (17 ބިލިއަން ޑޮލަރު) ގެ އަގު ބޮޑު އެއާޕޯޓް މިއަދު ހުޅުވައިފި އެވެ.

ޗައިނާގެ 17 ބިލިއަން ޑޮލަރުގެ ސްޓާފިޝް އެއާޕޯޓް ހުޅުވައިފި
ޗައިނާގެ 17 ބިލިއަން ޑޮލަރުގެ ސްޓާފިޝް އެއާޕޯޓް ހުޅުވައިފި

ވެރިރަށް ބެއިޖިންގެ ޑާޝިން އިންޓަނޭޝަނަލް އެއާޕޯޓް، ރައީސް ޝީ ޖިންޕިން މިއަދު ހުޅުވައިދެއްވީ ޗައިނާގެ ކޮމިއުނިސްޓް ވެރިކަމުގެ 70 ވަނަ އަހަރީ ދުވަހާ ދިމާކޮށެވެ. ޗައިނާގެ ރަސްމީ މީޑިއާ އިން ބުނީ އެއާޕޯޓް ހަދާފައި ވަނީ 700،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ކަމަށެވެ. އެއީ 98 ފުޓުބޯޅަ ދަނޑާ އެއްވަރުގެ ސަރަހައްދެކެވެ.

ޗައިނާގެ 17 ބިލިއަން ޑޮލަރުގެ ސްޓާފިޝް އެއާޕޯޓް ހުޅުވައިފި
ޗައިނާގެ 17 ބިލިއަން ޑޮލަރުގެ ސްޓާފިޝް އެއާޕޯޓް ހުޅުވައިފި

އެއާޕޯޓް ކައުންސިލުން ބުނީ އެމެރިކާގެ އެޓްލާންޓާ އެއާޕޯޓް ފިޔަވައި ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓަކީ ބެއިޖިންގައި މިހާރު އޮތް އެއާޕޯޓް ކަމަށެވެ. އެކަމަކު އޮފިޝަލުން ބުނަނީ އަށް ރަންވޭ ހިމެނޭ އާ އެއާޕޯޓާ އެކު ބެއިޖިން ކެޕިޓަލް އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުކުޑަވެގެން ދާނެ ކަމަށެވެ. ނަވާރަސަތޭކަ ފަންސާސް އަށް ވަނަ އަހަރު ހުޅުވި ބެއިޖިން އެއާޕޯޓް އަހަރަކު 100 މިލިއަން މީހުން ބޭނުން ކުރެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޓާމިނަލް އޮތީ ޑާޝިން އެއާޕޯޓުގަ އެވެ. އެ އެއާޕޯޓުން އަހަރަކު 170 މިލިއަން ޕަސިންޖަރުންނަށް ޚިދުމަތް ދޭނެ ކަމަށް އޮފިޝަލުން ބުނެ އެވެ.

ސްޓޭޓް އެޖެންސީ ގްލޯބަލް ޓައިމްސް އިން ބުނީ އާ އެއާޕޯޓް ޗައިނާގެ ހަތް ޑޮމެސްޓިކް އެއާލައިނަކުން މިއަދު ބޭނުން ކުރާނެ ކަމަށެވެ. ޑާޝިން އެއާޕޯޓުން މިއަދު ފުރަތަމަ ފުރީ ޗައިނާ ސަދަން އެއާލައިންސްގެ އޭ380 ގެ ބޯޓެކެވެ. ޑާޝިން އެއާޕޯޓަށް ދަތުރު ކުރާނެކަން އިއުލާންކޮށްފައިވާ އެއާލައިންތަކުގެ ތެރޭގައި ބްރިޓިޝް އެއާވޭސް، ކެތޭ ޕެސިފިކް އަދި ފިންއެއާ ހިމެނެ އެވެ.

ޗައިނާގެ އާ އެއާޕޯޓް ޑިޒައިންކޮށްފައި ވަނީ އިރާގަށް އުފަން މަޝްހޫރު އާކިޓެކްޓް ޒަހާ ހާދިދް އެވެ. އޭނާ ވަނީ 2016 ވަނަ އަހަރު މަރުވެފަ އެވެ. އެއާޕޯޓް ޑިޒައިންކޮށްފައި ވަނީ ސްޓާފިޝްއެއް ގޮތަށެވެ. އާ އެއާޕޯޓާ ގުޅިފައިވާ ރެއިލް ލިންކްތަކާއި މަގުތައް ހަދާ ނިމުމުން ޕްރޮޖެކްޓުގެ އަގު 400 ބިލިއަން ޔުއާން އަށް އަރާނެ ކަމަށްވެ އެވެ.