25 ސެޕްޓެމްބަރ 2019 - 13:18

ހޯކްސް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ހިންގާ އެއާޕޯޓް ބީޗް ހޮޓަލަށް ސާޓާ އެވޯޑުގައި ރާއްޖޭގެ ލީޑިން ބިޒްނަސް ހޮޓެލް އެވޯޑު ލިބިއްޖެ އެވެ.

ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ބޭއްވި ސާޓާ އެވޯޑު ރަސްމިއްޔާތުގައި މި އެވޯޑާ ހަވާލުވެވަޑައިގަތީ ހޯކްސް ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން އަމާން އެވެ.
ހުޅުމާލޭ އިރުމަތީ ފަރާތު ބީޗް ސަރަހައްދުގައި ހުންނަ އެއާޕޯތް ބީޗް ހޮޓަލަކީ ޒަމާނީ ފެންވަރަށް ހަދައި ޑިޒައިންކޮށްފައިވާ 11 ކޮޓަރި ހުންނަ ތަނެކެވެ.
މި ހޮޓަލަށް އަންނަ ޓޫރިސްޓުންނަށް އެންމެ ބޮޑަށް ކަމުދަނީ އެ ހޮޓާ ހުންނަ ސަރަހައްދާއި ހޮޓަލުގެ ހިތްފަސޭހަ މާހައުލެވެ. މިއީ ހުޅުމާލޭގައި ރޫފް ޓޮޕް ޕޫލެއް އޮންނަ ހަމައެކަނި ހޮޓަލް ވެސް މެއެވެ.
އެއާޕޯޓުން ހޮޓަލަށް ހިލޭ ދަތުރުކޮށްދިނުމާއި ހިލޭ ވައިފައިގެ އިތުރުން ލޯންޑްރީ އަދި ޖަކޫޒީގެ ހިދުމަތް ވެސް މި ހޮޓަލުން ދެ އެވެ.