ރޮނގެއް ނޫން، ލައް ޖެހި ޒިބްރާއެއް
ރޮނގެއް ނޫން، ލައް ޖެހި ޒިބްރާއެއް

އާންމުކޮށް މި ފެންނަ ޒިބްރާގައި ހުންނަނީ ހުދާއި ކަޅުން ހުރަސް ރޮނގު ތަކެކެވެ. އެކަމަކު ޓީރާގެ ނަން ދީފައިވާ މި ޒިބްރާ ތަފާތެވެ.

ރޮނގެއް ނޫން، ލައް ޖެހި ޒިބްރާއެއް
ރޮނގެއް ނޫން، ލައް ޖެހި ޒިބްރާއެއް

ޓީރާ އުފަންވި އިރު ކަޅު ކެހެރިގަނޑެއްގައި ހުރީ ހުދު ލައްތަކެއް ޖަހައިފަ އެވެ. އެކަމަކު އޭގެ ހަތަރެސްފައިގައި ކުދިކޮށް ހުދާއި ކަޅުގެ ހުރަސް ރޮނގުތައް ހުއްޓެވެ.

މިޒިބްރާ ކެންޔާގެ ސަރަހައްދަކުން ފުރަތަމަ ފެނުނީ އެންޓޯނީ ޓީރާ ކިޔާ ގައިޑަކަށެވެ. އޭގެ އަނެއް ދުވަހު ފޮޓޯގްރާފަރެއް ކަމަށްވާ ފްރޭންކް ލިއު މިސަރަހައްދަށް ގޮސްފައިވަނީ ރައިނޯސްތަކެއް ހޯދަމުންނެވެ. ނަސީބު ކަން ދިމާކުރި ގޮތުން އޭނާ އަށް ދިމާވީ ޓީރާ އެވެ.

ފްރޭންކް ބުނި ގޮތުގައި އޭނަ އަށް ހީކުރެވުނީ މުޅިން ތަފާތު ވައްތަރެއްގެ ޖަނަވާރެއް ފެނުނީ ކަމަށެވެ. އެ ޒިބްރާ މާ ރީތިވެފައި އެހެން ހުރިހާ ޒިބްރާއެއްގެ ތެރެއިން ފާހަގަވާ ކަމަށް ފްރޭންކް ބުނެފައިވެ އެވެ. އަދި އޭރު ކައިރީގައި އުޅުނު އެހެން ޒިބްރާތައް ވެސް ޓީރާގެ ތަފާތުކަން ފާހަގަކޮށްގެން ނޫޅޭކަމަށް ބުންޏެވެ.

މި އާދަޔާ ޚިލާފު ސިފަ އަކީ ޖެނެޓިކް މިއުޓޭޝަންގެ ސަބަބުން ފެންނަން ހުރި ބަދަލެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މީ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ ޒިބްރާއަކަށް ވިއަސް މި ވައްތަރުގެ ޒިބްރާ ފެންނަކަން ވެސް ފާހަގަކޮށްފައިވެ އެވެ.