ޕީއައިއޭގެ 64 ފްލައިޓް ޕަސިންޖަރަކު ނެތި އޮޕަރޭޓްކުރި
ޕީއައިއޭގެ 64 ފްލައިޓް ޕަސިންޖަރަކު ނެތި އޮޕަރޭޓްކުރި

އިސްލާމްއާބާދު (ސެޕްޓެމްބަރު 24) - ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) އިން އެއްވެސް ޕަސިންޖަރަކު ނެތި ވެރިރަށް އިސްލާމްއާބާދުން 64 ފްލައިޓް 2016-2017 އާ ދެމެދު އޮޕަރޭޓް ކުރި ކަމަށް މީޑިއާ ރިޕޯޓެއްގައި ބުނެފި އެވެ.

ޖިއޯ ނިއުސް އިން ބުނީ އެއްވެސް ޕަސިންޖަރަކު ނެތި މި ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ސަބަބުން އެއާލައިނަށް ވަނީ 180 މިލިިއަން ރުޕީސްގެ ގެއްލުންވެފައި ކަމަށެވެ. އަދި އެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރި ނަމަވެސް އަދި މިހާތަނަށް އެކަމާ ގުޅޭ ތަހުގީގެއް ހިންގާފައި ނުވާ ކަމަށް ވެސް ޖިއޯ ނިއުސް އިން ބުންޏެވެ.

މި 46 ފްލައިޓުގެ އިތުރުން 36 ހައްޖު ފްލައިޓް ވެސް ވަނީ ޕަސިންޖަރުން ނެތި އޮޕަރޭޓްކޮށްފައި ކަމަށް ޖިއޯ ނިއުސް އިން ބުނެފައިވެ އެވެ.

ޕަސިންޖަރުން ނެތި ޕީއައިއޭގެ ފްލައިޓްތަކެއް އޮޕަރޭޓްކުރި ވާހަކަތައް ފެންމަތިވެފައިވާ އިރު ޕާކިސްތާނުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ގައުމުގެ އިގްތިސާދު ހަމައަކަށް އެޅުމަށް ޕާކިސްތާނުން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލޯނު ހޯދައިފަ އެވެ. އަނެއްކޮޅުން ޓެރަރިޒަމަށް ފައިނޭންސް ކުރާ ކަމަށް ބުނެ، އެންޓި-މަނީ ލޯންޑަރިން މޮނިޓާރިން ގްރޫޕް، ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (ޓީއޭޓީއެފް) އިން ވަނީ ޕާކިސްތާން ބްލެކްލިސްޓްކޮށްފާނެ ކަމުގެ އިންޒާރު ދީފަ އެވެ.