ޒޯޔާ އަޚްތަރުގެ ފިލްމެއް އަނެއްކާވެސް ރަންވީރަށް
ޒޯޔާ އަޚްތަރުގެ ފިލްމެއް އަނެއްކާވެސް ރަންވީރަށް

އަންނަ އަހަރުގެ އޮސްކާ އަށް އިންޑިއާ އިން ހުށަހަޅާ ފިލްމަކަށް "ގަލީ ބޯއި" ހޮވާފައި ވަނިކޮށް، އެ ފިލްމުގެ ބަތަލު ރަންވީރު ސިންގް ހިމަނައިގެން އިތުރު ފިލްމެއް ހަދަން ޑައިރެކްޓަރު ޒޯޔާ އަޚްތަރު ނިންމައިފި އެވެ.

ޒޯޔާ އަޚްތަރުގެ ފިލްމެއް އަނެއްކާވެސް ރަންވީރަށް
ޒޯޔާ އަޚްތަރުގެ ފިލްމެއް އަނެއްކާވެސް ރަންވީރަށް

ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނިގޮތުގައި ގޭންގްސްޓާރެއްގެ ވާހަކަ ކިޔައިދޭ ފިލްމުގެ ރަންވީރާ ހިއްސާކުރުމުން އެއަށް އެއްބަސްވާނެ ކަމުގެ ފެހި ސިގްނަލް އޭނާ ދީފައިވެ އެވެ. ނަމަވެސް މި ވަގުތު ފިލްމު އަދި އޮތީ ސްކްރިޕްޓިން މަރުހަލާގައި ކަމަށް ބުންޏެވެ.

މި ފިލްމު ވާނީ ދާނީ ޒޯޔާއާ އެކު ރަންވީރު މަސައްކަތްކުރާ ތިން ވަނަ ފިލްމަށެވެ. "ގަލީ ބޯއި" ގެ އިތުރުން ރަންވީރު ވަނީ ޒޯޔާގެ 2015 ގެ ފިލްމު "ދިލް ދަޅަކް ނޭ ދޯ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

އޭނާ މި ވަގުތު އަންނަ އަހަރުގެ އެޕްރީލްގައި ރިލިޒްކުރާ ކްރިކެޓް ފިލްމު "83" ގެ މަސައްކަތްކުރަމުން އަންނަ އިރު، ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރުގެ "ތަޚުތު" އާއި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޖަޔޭޝްބާއީ ޖޯރްދާރް" ހިމެނެ އެވެ.

ނޫސްތަކުން ބުނީ ޒޯޔާގެ އާ ފިލްމުގެ މަސައްކަތް ރަންވީރު ފަށާނީ އެ ދެ ފިލްމުގެ މަސައްކަތް ނިންމައިލުމަށް ފަހު ކަމަށެވެ.