ކިނބިދޫ ދަރިވަރުންގެ ތަފާތު ވީޑިއޯތަކެއް
ކިނބިދޫ ދަރިވަރުންގެ ތަފާތު ވީޑިއޯތަކެއް

އިހުޒަމާނުގައި ކާބަފައިން އުޅުނު ގޮތާއި އޭރުގެ ވައްޓަފާޅި ހުރި ގޮތް ބަލައިލަން ތ. ކިނބިދޫ ސްކޫލުގެ ދަރިވަރުން ހެދި މި ވީޑިއޯތައް ފުދޭނެ އެވެ. ސްކޫލުން ހިންގި ހަރަކާތަކަށް އެ ރަށުގެ ގްރޭޑު 1-9 އަށް ކިޔަވަމުން އަންނަ ދަރިވަރުން ބައިވެރިވި އެވެ.

ކިނބިދޫ ދަރިވަރުންގެ ތަފާތު ވީޑިއޯތަކެއް
ކިނބިދޫ ދަރިވަރުންގެ ތަފާތު ވީޑިއޯތަކެއް

އެ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު އަބްދުﷲ ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން އެ ސްކޫލުގައި އިތުރު ހަރަކާތްތައް ބާއްވަނީ އިލްމީ ކަންތައްތަކާ ގުޅުވައިގެން ކަމަށެވެ. މި އަހަރުގެ ތެރޭގައި އެފަދަ 16 ހަރަކާތެއް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިނބިދޫ ދަރިވަރުންގެ ތަފާތު ވީޑިއޯތަކެއް
ކިނބިދޫ ދަރިވަރުންގެ ތަފާތު ވީޑިއޯތަކެއް

ދަރިވަރުން ތައްޔާރުކުރި މި ވީޑިއޯތަކަކީ ވެސް އޭގެ ބައެކެވެ. ޓީޗަރުންގެ އެހީއާ އެކު ކޮންމެ ގްރޭޑަކުން ތައްޔާރުކުރި ވީޑިއޯތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ.

ބޭރުގެ ދުނިޔެއަށް ރާއްޖެ ކުރިން މަޝްހޫރުވެފައި އޮންނަނީ ސާދާ ދިރިއުޅުމެއްގެ ވެރި ބައެއްގެ ގޮތުގަ އެވެ. އޭރެ އެ ދިރިއުޅުން ތަމްސީލްވާ ގޮތަށް ގްރޭޑު ހަތެއްގެ ދަރިވަރުން ހަރަކާތްތެރިވި އެވެ. އޭގެ އިތުރުން އިހުޒަމާނުއްސުރެ ކިޔަމުން އަންނަ ތޯތޯ ވާހަކަތަކުގެ މައްޗަށް ވެސް ވަނީ ވީޑިއޯ ތައްޔާރުކޮށްފަ އެވެ.

ޑްރާމާއަށް ބޭނުންވާ ޑައިލޮގުތައް ތައްޔާރުކުރުމާއި ތަމްސީލްކުރަން ދަރިވަރުން ކޮންމެވެސް ވަރެއްގެ ދިރާސާތަކެއް ކުރި އެވެ. އެހެންވެ އެއީ އެ ހަރަކާތުން ދަރިވަރުންނަށް ކުރާނެ ފައިދާއެއްކަން ޕްރިންސިޕަލް ފާހަގަކުރެއްވި އެވެ.

"ފެސްޓިވަލްއެއްގެ ގޮތަށް ޑްރާމާތައް ދައްކާފައިވަނީ. [މިހާރު ވަނީ] އެ ވީޑިއޯތައް އެއްކޮށް ދައްކާ ނިންމާފައި. ޓިކެޓު ވިއްކައިގެން އެ ދައްކުމަށް ބޮޑު ތަރުހީބެއް ލިބުނު،" އަހުމަދު ވިދާޅުވި އެވެ.

އެ ހުރިހާ ވީޑިއޯއަކަށް ޖުމްލަ ހޭދަވެފައިވަނީ ތިން ގަޑިއިރާއި 15 މިނެޓެވެ. ކޮންމެ ވީޑިއޯއެއްގެ ދިގުމިނަކީ ގާތްގަނޑަކަށް 20 މިނެޓެވެ.

އަހުމަދު ވިދާޅުވީ ވީޑިއޯ އަށް ބޭނުންވާ އެންމެ އެކަށީގެންވާ ހެދުމާއި އެ މަންޒަރެއް ނަގާނެ އެންމެ ފުރިހަމަ މާހައުލު ބަލާފައިވަނީ ދަރިވަރުންގެ ވެސް ބައިވެރިވުމާ އެކު ކަމަށެވެ.

ގްރޭޑު 10 އާ ހަމައަށް ކިޔަވައިދެމުން އަންނަ ސްކޫލުގައި 217 ދަރިވަރުން ތައުލީމް ހާސިލްކުރެ އެވެ. ދިވެހިންގެ ކުރީގެ އާދަތައް ތަމްސީލްކޮށްދިނުމުގައި ކިނބިދޫ ސްކޫލްގެ ދަރިވަރުން ފެންނަނީ ހުނަރުހުރި ބައެއްގެ ގޮތުގަ އެވެ.