21 ސެޕްޓެމްބަރ 2019 - 13:14

އިންޑިއާގެ 70 އަހަރުގެ ފިރިހެނަކު އެ ގައުމުގެ މަޝްހޫރު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ޕީވީ ސިންދޫއާ ކައިވެނިކުރަން ބޭނުވެގެން އެކަމާ ގުޅޭ ލިޔެކިޔުންތައް ރަސްމީ އިދާރާއަކަށް ހުށަހަޅައިފި އެވެ.
މީޑިއާތަކުން ބުނިތުގައި ބެޑްމިނަންޓަނުން ދުނިޔޭގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ 24 އަހަރުގެ ސިންދޫއާ ކައިވެނިކުރަން ބޭނުންވާތީ އެކަން ޓެމިލް ނާޑޫ ސްޓޭޓްގެ ރަމަންތަޕޫރަންގެ ކަލެކްޓަރަށް ހުށަހެޅީ މަލައިސާމީ ކިޔާ މީހެކެވެ.
އޭނާ ބުނިގޮތުގައި ކޮންމެ ގޮތެއް ހަދާފައި ވެސް ބޭނުން ވަނީ ސިންދޫއާ ކައިވެނިކުރާށެވެ. އަދި އެކަން ރަސްމީ އިދާރާތަކުން ހަމަޖައްސައި ނުދީފި ނަމަ ސިންދޫއާ ގަދަކަމުން ވެސް ކައިވެނިކުރަން މަސައްކަތްކުރާނެ ކަމަށް ވެސް ބުންޏެވެ.
މަލައިސާމީ ބުނިގޮތުގައި އޭނާ ޒުވާން ބެޑްމިންޓަން ތަރިއާ ކައިވެނިކުރަން ބޭނުން ވަނީ އެ ކުޅިވަރުން ސިންދޫ ހޯދާފައިވާ ކާމިޔާބީތަކާ ހެދި ހަޔާތުގެ ބައިވެރިއަކަށް ހަދަން ބޭނުންވާލެއް ބޮޑުކަމުންނެވެ. ސިންދޫއަކީ މިދިޔަ މަހު ސްވިޓްޒަލެންޑްގައި ބޭއްވި ވޯލްޑް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ވިމެންސް ސިންގަލްސް ރަން މެޑަލް ހޯދައިވާ ކުޅުންތެރިއެކެވެ.
އުމުރުން 17 އަހަރުގައި ބެޑްމިންޓަންގެ ދުނިޔޭގެ ރޭންކިންގެ ގަދަ 20 ކުޅުންތެރިންގެ ތެރޭ 2012 ވަނަ އަހަރު ހިމެނި ދުނިޔޭގެ ސަމާލުކަން ހޯދި ސިންދޫ ޖެހިގެން އައި ދެ އަހަރު ވޯލްޑް ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދާފައިވެ އެވެ. އޮލިމްޕިކްސް އިން 2016 ވަނަ އަހަރު އަދި މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި އިން ރިހި މެޑަލް ހޯދި ސިންދޫއަކީ އޮލިމްޕިކްސްގައި އިންޑިއާ އަށް ބެޑްމިންޓަނުން މެޑެއްޔެއް ހޯދައިދިން ދެ ވަނަ ކުޅުންތެރިޔާ ވެސް މެ އެވެ.
ސިންދޫގެ ވާހަކަ ކިޔައިދޭ ފިލްމެއް ވެސް ހަދަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
އޭނާއާ ކައިވެނިކުރަން އުޅޭ މީހާ ދައުވާކުރާ ގޮތުގައި އޭނާގެ ސިފަ މުސްކުޅިއެއްހެން ފެނުނަސް އަސްލު އުމުރަކީ 16 އަހަރެވެ. އަދި އުފަންވީ އެޕްރީލް 4، 2004 ގައި ކަމަށް ބުންޏެވެ. ސިންދޫ އުފަންވީ ޖުލައި 5، 1995 ގަ އެވެ.