މިއީ ފޯނަކަށް ކޮންމެހެން މުހިންމު އެޕްލިކޭޝަންތައް
މިއީ ފޯނަކަށް ކޮންމެހެން މުހިންމު އެޕްލިކޭޝަންތައް

ރަހަ ހެޔޮވަރުކޮށްދޭނެ އެޕްލިކޭޝަންތަކެއް ފޯނުގައި ނެތް ނަމަ، އަދި ތިޔަ އުޅެވެނީ ތަންކޮޅެއް ފަހަތުގަ އެވެ. އަހަރެންނާ އެކު އަންނާށެވެ. ދޫކޮށްލައިގެން ފަރުޖެއްސެން ނެތް އެޕްލިކޭޝަންތަކެއް ދައްކާނަމެވެ. ވާނީ ކުޑައިރުކޮޅެކެވެ. ތިޔަ ފޯނު ވަރަޖައި އުދުހޭނެ އެވެ.

އެންޑްރޮއިޑް މާކެޓްގައި ގުނާ އަދަދުނުކުރެވޭހާ އެޕްލިކޭޝަން ގިނަ އެވެ. ކޮންމެ އެޕްލިކޭޝަނަކުން ވަކި ބޭނުމެކެވެ. މިހެން ބުންޏަސް، ތަފާތު ގިނަ ބޭނުންހިފޭ އެޕްލިކޭޝަން ވެސް ހުރެ އެވެ. އެ ތަފާތު ދެނެގަތުމަށްޓަކައި ޖެހޭނީ އެޕްލިކޭޝަންތައް ފުރާނާލާށެވެ.

އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމް ބަލަހައްޓަނީ ގޫގުލުންނެވެ. އެންޑްރޮއިޑް ފޯނުތައް ހިންގުމަށްޓަކައި ގޫގުލުން އަޅައިދީފައި ހުންނަ އެޕްލިކޭޝަންތައް ކޮންމެހެން ވެސް ހުންނަން ޖެހެ އެވެ. ޕްލޭ ސްޓޯރް، ޑްރައިވް، ޖީމެއިލް، ގޫގުލް ފޮޓޯ އަދި ގޫގުލް ސާވިސްތަކުގައި ހެޔޮ ފާހަގަޖަހާށެވެ.

އީވާނޯޓަކީ ނޯޓްކޮށް/ ނޯޓްނަގާ އެޕްލިކޭޝަނެކެވެ. ހަނދާން ނައްތާލަން ބޭނުންނުވާ މައުލޫމާތު، ޔޫޒާނޭމް އާއި ޕާސްވޯޑް އަދި ޕިން ނަންބަރުތަކަށް ދާންދެން އިވާނޯޓާ ހަވާލުކުރާށެވެ. ފަރުވާތެރިކަމާ އެކު ބަލަހައްޓައިދޭނެ އެވެ. އިވާނޯޓަށް ފަހު ވެސް އެކަހަލަ އެތައް އެޕްލިކޭޝަނެއް އެންޑްރޮއިޑް ދެކެފި އެވެ. އިވާނޯޓް ވަރެއް ނެތެވެ. ވަކިން އަމުދުން ފައިލް އެޓޭޗްކުރެވުން އެއީ އީވާނޯޓަށް ޕްލަސް ޕޮއިންޓެވެ. އިވާނޯޓްއާ ނުލައި އެންޑްރޮއިޑް ގެންގުޅޭނީ ކިހިނެއް ބާއޭ ހިތަށް އަރަ އެވެ. އިވާނޯޓް ގަންނާކަށް ނުޖެހެ އެވެ. https://evernote.com/download

ފޯނު ގަތްއިރު ހުރި ކީބޯޑް ނަގާ އެއްލާލާށެވެ. ސްވިފްޓްކީބޯޑަށް މަރުހަބާ އެވެ. އެއް ފަހަރު ބޭނުންކޮށްފި ނަމަ ހުވަފެނުން ވެސް ފެންނާނެ އެވެ. ޓައިޕްކުރުމުގައި ކަންނެތްވެލުމަށް ސްވިފްޓްކީބޯޑާ އަޅާކިޔޭނެ އެހެން ކީބޯޑެއް ނެތެވެ. ޗެލެންޖްކުރަމެވެ.

އެހެން ނޫން ނަމަ 250 މިލިއަނަށް ވުރެ ގިނަ މީހުން ސްވިފްޓްކީ ކީބޯޑް ބޭނުމެއް ނުކުރާނެ އެވެ. ކީބޯޑު މަތީގައި ކާއްތާލައި އިނގިލި ކުރި އަށް ލަފުޒުތައް އުދުހި އަރައި ޖުމުލަތައް ހެޔޮވަރުކުރެވެމުން ދެ އެވެ. ޓައިޕްކުރަން ބޭނުން ލަފުޒު، ސްވިފްޓްކީބޯޑް ބޭނުންކުރާ މީހާގެ ހިތުގައި އޮތަސް ސްވިފްޓްކީބޯޑަށް އެނގެ އެވެ. ދެން ލިޔެވޭނީ އެ ލަފުޒެކެވެ. ސްވިފްޓްކީ ކީބޯޑް ގޫގުލް ޕްލޭއިން ހިލޭ ލިބެ އެވެ. https://swiftkey.com/en/keyboard/android

އެއް ޕްލޭޔަރަކަށް ވުރެ ގިނަ ވީޑިއޯ ޕްލޭޔަރު ފޯނަށް އަޅާކަށް ނުބުނާނަމެވެ. ވީޑިއޯ ޕްލޭޔަރެއް އިޚްތިޔާރުކުރާ ނަމަ އެއީ ވީއެލްސީ ފޮ އެންޑްރޮއިޑް ކަމުގައި ވުމަށް އެދެވެ އެވެ. ލޭއައުޓާއި މެނޫ އައިކަންތައް ރީތިކަމަކުން ނޫނެވެ. ވީޑިއޯ ފޯމެޓެއް ނަމަ އެ ޕްލޭޔަރު ކުޅެދެ އެވެ. ގާނަ ގާނާފައި ދަތްޕިލައެެއް ނުދައްކާނެ އެވެ. ޓްރެފިކް ކޯނެއްހެން ތިޔަ ފެންނަނީ ވީއެލްސީ ޕްލޭޔަރެވެ. https://www.videolan.org/vlc/download-android.html

ހަމައެކަނި ޗެޓް އެޕްލިކޭޝަނެއް ނޫނެވެ. ޑޮކިއުމަންޓްތަކާއި ފޮޓޯ އަދި އޯޑިއޯ ފައިލްތައް ވެސް ޝެއާކުރެވެ އެވެ. ހާމަ ތަންތަނުގައި ވާހަކަދައްކަން ބިރުގަންނަ މީހުން މި އެޕްލިކޭޝަން ބޭނުންކުރެ އެވެ. ޗެޓްތައް ރަނގަޅަށް ބަލަހައްޓައިދީ ހިމާޔަތްކޮށްދޭތީ އެވެ. ކޮންމެ ކޮންމެ ޗެޓް އެޕްލިކޭޝަނަކަށް ވުރެ އެންކްރިޕްޝަން ރަނގަޅެވެ. މި އޮތީ އެވެ. https://www.whatsapp.com/android

ވަޓްސްއެޕް އޮތީއަ ކީއްކުރާ ޓެލެގްރާމެއްޔެވެ؟ އެކަމަކު މި ދެ އެޕްލިކޭޝަނަކީ ވެސް އެންޑްރޮއިޑްގެ ފޭވަރިޓެވެ. މަށަށް ކަމެއް ކޮށްދެންޏާ ޓެލެގްރާމް އަޅާށެވެ. ޗެނަލްތައް ހެދެ އެވެ. ބޭނުންވަރަކަށް ޔޫޒާއިން އެޑްކުރެވެ އެވެ. ވަކިވަކި ގުރޫޕްތައް އަދި ބުނަން ހެޔެވެ؟ ސިއްރު ޗެޓް ވެސް ކުރެވެ އެވެ. ޕީޑީއެފާއި އޯޑިއޯ/ ވީޑިއޯ ފައިލްތަކަށް ދާންދެން އެޓޭޗްކުރެވެ އެވެ. ހަބޭހެވެ. https://telegram.org

ބޮޑު ގުޅަ އެވެ. ބޭނުންވާނެ ތަކެއްޗަކީ ގިތެޔޮ މިރުހާއި، ލުނބޯ، ފިޔާ، ކާށިހުނި އަދި ކަނޑުމަހެވެ. ފުށްގަނޑަށް ދެތިން ސަމުސާ ތެޔޮ އަޅައި ހޫނުފެންޖަހައި މޮޑެ ލޮނު ހެޔޮވަރުކުރާށެވެ. އެ އަށް ފަހު ގުޅަޖަހައި ތެޔޮ ތާހަށް އަޅާށެވެ. އިތުރު އެހީއެއް ބޭނުން ނަމަ ޖުވޭ އަށް ނުވަތަ ހަސަން ވަހީދަށް ގުޅާލާށެވެ. ލިންކް މިއޮތީ އެވެ. https://www.viber.com/en/products/android