19 ސެޕްޓެމްބަރ 2019 - 14:36

ރައީސް: ރާއްޖެ އަށް ބިދޭސީން އެތެރެވުން ކޮންޓްރޯލް ކުރަން މަސައްކަތް މި ފެށީ. ރާއްޖޭގައި އެބައުޅޭ އެއް ގައުމަކުން ވޯކް ޕާމިޓް ނަގައިގެން 113000 މީހުން. އަދި ގަވައިދާ ހިލާފަށް އެބައުޅޭ 60،000 މީހުން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ތަރައްގީ އަށް ދެ ލައްކައެއްހާ ބިދޭސީން އެބަ ބޭނުންވޭ. އެހެންވެ، އަޅުގަނޑުމެން ފުރަތަމަ މި ބަލަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފައްތަން. މި އުޅެނީ އިތުރަށް ބަޔަކު ގެންނާކަށް ނޫން. މައްސަލަ ހައްލު ކުރަން. ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި އޭގެ ނަތީޖާ ފެންނާނެ.
ޓެރަރިސްޓް ޖަމާއަތްތަކަކީ އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)، އަލް ގައިދާ، ޖަބްޙަތުއް ނުސްރާ (ޖަބްހަތުއް ފަތަހް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)، ލަޝްކަރޭ ތައިބާ، އަލް ގައިދާ އިން ދި އަރަބިއަން ޕެނިންސިއުލަ، އަލް ގައިދާ އިން ދި އިސްލާމިކް މަޣްރިބް، އަބޫ ސައްޔާފް ގްރޫޕް، ބޮކޮ ހަރަމް/ ބޯކޯ ހަރަމް، އަލް ޝަބާބް، އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް، ތެހްރިކޭ ތާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)، ހަރަކާތުލް ޖިހާދު އަލް އިސްލާމީ، ޖައިޝޭ މުޙައްމަދު، އިސްލާމިކް ސްޓޭޓް އިން އިރާގް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)، ނޭޝަނަލް ތައުހީދް ޖަމާއަތް، ޖަމާޢަތު މިއްލަތޭ އިބްރާހީމް އަދި ވިލާޔަތް އަލް ސޭލާނީ.
ޓެރަރިސްޓް ޖަމާއަތްތައް އިއުލާނުކޮށްފި، އެންމެ ކުރީގައި އޮތީ އައިސިސް
ރައީސް: 17 ޓެރަރިސްޓް ޖަމާއަތުގެ ނަން މިއަދު އިއުލާން ކުރާނެ. އެ އަދަދު ފަހުން އިތުރު ވެސް ވެދާނެ. މަދު ވެސް ވެދާނެ
ރައީސް: ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ރާއްޖޭން ކަނޑައަޅާ ޖަމާއަތްތަކުގެ ނަންތައް މިއަދު ހާމަކުރާނެ
ރައީސް: ތަރައްގީއާ ގުޅޭ 77 މަޝްރޫއެއް މިހާރު 60 އަށް ވުރެ ރަށުގައި އެބަ ކުރިއަށްދޭ.
ރައީސް: ވޭތުވެދިޔަ މަޖިލީހުގެ މުޅި ތާރީހަށް ބަލާއިރު ވެސް ސަރުކާރަކުން އެއްބާރުލުން ނުދޭ ވަރަށް މި ސަރުކާރުން މިހާރު އޮތް މަޖިލިސް އެއްބާރުލުންދޭ.
ރައީސް: ރިލްވާންގެ މައްސަލާގައި ހިމެނޭ މީހުންގެ މައްޗަށް އަންނަ ހަފުތާގެ ތެރޭގައި ދައުވާ ކުރަން ޕީޖީ އަށް ފޮނުވޭނެ
ރައީސް: ސީރިއާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި އަންނަން ބޭނުންވާ މީހުންނަށް އައުމުގެ މަސައްކަތް އެބަ ހިނގާ. ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އަންނަން ބޭނުންވާ މީހުންނަށް އާދެވެން ފެށޭވަރުވާނެ. އަދި އެ މީހުންގެ ކަންކަމުގައި މަޝްވަރާ ކުރުމަށް ޓަަކައި ދެ ގައުމެއްގެ އޮފިޝަލުން ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ. އެކަމަކު ހަމަ ސީދާ އެ މީހުން ގެނެސް މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. އެހެންވެ، އޭގެ ކުރިން އެ މީހުންނަށް ދޭން ވާ ފަރުވާދެވޭނެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ދޫކޮށްފައިވާ ރަށްރަށުން ލިބެން ޖެހޭ އަދަދު ކަމަށް އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވާ އަދަދަށް ވުރެ ބޮޑު އަދަދެއް ސަރުކާރަށް ލިބެން ޖެހޭ ކަމަށާއި އެ އަދަދު 200 މިލިއަން ޑޮލަރަށް ވުރެ މަތި ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން އެ ފައިސާ ހޯދަން މަސައްކަތް ކުރާނެ ކަމަށާއި ނުއަގުގައި ދޫކޮށްފައިވާ ރަށްރަށުން ހަމަ އަގު ހޯދަން ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ތަފުސީލު އަންނަނީ