22 ސެޕްޓެމްބަރ 2016 - 06:25

މޮޑެލެއް ގޮތުގައި މަސައްކަތް ކުރާތާ 30 އަހަރު ވެފައިވާ ކޭޓް މޮސް ޓެލެންޓް އޭޖަންސީއެއްގެ މަސައްކަތް ފަށާނެކަން އިއުލާނުކޮށްފި އެވެ.
ސުޕަ މޮޑެލް ކޭޓް އަކީ 90ގެ އަހަރުތަކުގައި މަޝްހޫރުވި އިނގިރޭސިވިލާތުގެ މޮޑެލް އެކެވެ. "ބިޒްނަސް އޮފް ފެޝަން" މަޖައްލާގައި ކޭޓް ބުނެފައި ވަނީ އޭނާ އުފައްދާ ޓެލެންޑް އެޖެންސީ އަށް ބޭނުންވަނީ ސިފަ ރީތި މީހުން ނޫން ކަމަށާއި ހުނަރުވެރިން ކަމަށެވެ.
"އަހަރެން ބޭނުންވަނީ ސިފަ ރީތި މީހުންނެއް ނޫން. އަހަރެން މި ހޯދަނީ ލަވަކިޔާ، ނަށާ، އެކްޓުކުރަން އެނގޭ މީހުން. ތަރިން އުފައްދަން ބޭނުންވަނީ،" ކޭޓް ބުނެފައިވެ އެވެ.
ކޭޓް އަށް އޭޖެންސީ ފަށަން އެހީވެދެނީ އޭނާގެ ބުކިން އޭޖަންޓް ލޫސީ ބެކްސްޓާ އެވެ.
ކޭޓް 27 އަހަރުވަންދެން ފެޝަން ދުނިޔޭގައި ރަމްޒުކޮށްދިނީ ސްޓޯމް އޭޖަންސީ އެވެ.
"އަހަރެން މޮޑެލިންގެ އިތުރުން އެހެން ކަންތައްތައް ކުރަން ބޭނުންވި. އެމީހުންނަށް (ސްޓޯމް އޭޖަންސީ) އަހަރެން ފެންނާނީ 14 އަހަރުގެ ކޭޓް ގޮތުގައި. ސްޓޯމް އޭޖަންސީއިން ވަކިވުމަކީ އަމިއްލަ ގެ ދޫކޮށްފައި ދިއުން ފަދަ ކަމެއް. އެކަމަކު އަހަރެން ވަކިވާންޖެހޭ. އަދި އެމީހުން ވެސް އަހަރެންގެ ނިންމުން ގަބޫލު ކުރޭ،" ކޭޓް ބުންޏެވެ.
އޭނާގެ ޓެލެންޓް އޭޖެންސީ ފަށަން ހިތްވަރު ލިބުނީ ފިލްމް "ޖިޔާ" ބެލުމަށްފަހު އޭގައި އުޅޭ މޮޑެލިން އޭޖަންޓުގެ ކެރެކްޓާގެ ސަބަބުންނެވެ. ކޭޓްގެ ލައިފްސްޓައިލް ބްރޭންޑު ފުޅާކުރާނެ އެކި ގޮތްތައް ބިޒްނަސް އޮފް ފެޝަނަށް ކިޔައިދީފައިވެ އެވެ.