މާލޭގެ އުތުރު ފަރާތު ބަނދަރުގެ މާސްޓަޕްލޭން ހަދަން ސިންގަޕޫރު ބަޔަކާ ހަވާލުކޮށްފި
މާލޭގެ އުތުރު ފަރާތު ބަނދަރުގެ މާސްޓަޕްލޭން ހަދަން ސިންގަޕޫރު ބަޔަކާ ހަވާލުކޮށްފި

މާލޭގެ އުތުރު ފަރާތު ބަނދަރާއި ގުޅިފަޅުގެ މާސްޓަޕްލޭން ހަދަން ސިންގަޕޫރު ކުންފުންޏަކާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ 650،000 ޑޮލަރު (10 މިލިޔަން ރުފިޔާ) ހަރަދުކޮށްގެން ކުރާ އެ ދެ މަސައްކަތް ސިންގަޕޫރުގެ އެޗްކިއު ކުންފުންޏާ ހަވާލުކުރީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. އެ ދެ މަސައްކަތް އެޗްކިއު ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ގުޅިފަޅު ޕްލޭން ކުރަނީ މިނިސްޓްރީން ބުނި ގޮތުގައި، އިމްޕޯޓްމުދާ އަރުވައި ބޭލުން އެތަނަށް ބަދަލުކުރާ ގޮތަށެވެ.

"މި މަޝްރޫއުގެ ސަބަބުން އިމްޕޯޓު މުދާ އަރުވާ ބޭލުމުގެ ކާރޫބާރޫ އިން މާލޭގެ ތޮއްޖެހުން ސަލާމަތްވެ، ގުދަންކުރުން ގުޅީފަޅަށް ބަދަލުކުރެވި، ހުސް އަދި ހިތްފަސޭހަ ޖާގަ އިތުރުކުރެވޭނެ،" އެޗްކިއު ކުންފުންޏާ މަސައްކަތް ހަވާލުކުރިކަން ހާމަކޮށް ޕްލޭނިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުންޏެވެ.