މެލޭޝިއާގައި ދުންބޯވެ 1،000 ސްކޫލް ބަންދުކޮށްފި

ކުއާލަ ލަމްޕޫރު (ސެޕްޓެމްބަރު 18) - އިންޑޮނީޝިއާގެ ޖަންގަލިތަކުގައި އަނދަމުންދާ އަލިފާނުގެ ދުމުގެ އަސަރު ބޮޑުވުމުން މެލޭޝިއާގެ 1،000 އަށް ވުރެ ގިނަ ސްކޫލް މިއަދު ބަންދުކޮށްފި އެވެ.

މެލޭޝިއާގައި ދުންބޯވެ 1،000 ސްކޫލް ބަންދުކޮށްފި
މެލޭޝިއާގައި ދުންބޯވެ 1،000 ސްކޫލް ބަންދުކޮށްފި

ދަނޑުވެރިކަމަށް ބިން ސާފު ކުރުމަށް އިންޑޮނީޝިއާގައި ޖަންގަލިތަކުގައި ބައެއް މީހުން ރޯކުރި އަލިފާންގަނޑު ކޮންޓްރޯލުން ނެއްޓި ސުމަތުރާ އާއި ބޯނިއޯ އައިލެންޑްސް އަށް އަލިފާން ނިއްވާ އިތުރު ޓީމުތައް ވަނީ ފޮނުވައިފަ އެވެ.

މެލޭޝިއާގައި ދުންބޯވެ 1،000 ސްކޫލް ބަންދުކޮށްފި
މެލޭޝިއާގައި ދުންބޯވެ 1،000 ސްކޫލް ބަންދުކޮށްފި

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯކުރާ އަލިފާނުގެ ދުމުގެ އަސަރު އެ ސަރަހައްދުގެ ގައުމުތަކަށް ކުރުމަކީ ކޮންމެ އަހަރަކު ވެސް ދިމާވާ ކަމެކެވެ. ނަމަވެސް މިއީ 2015 ވަނަ އަހަރަށް ފަހު އެ މައްސަލަ އެންމެ ބޮޑުވި އަހަރެވެ.

މެލޭޝިއާގައި ދުންބޯވެ 1،000 ސްކޫލް ބަންދުކޮށްފި
މެލޭޝިއާގައި ދުންބޯވެ 1،000 ސްކޫލް ބަންދުކޮށްފި

މެލޭޝިއާ ސަރުކާރުގެ އިންޑެކްސް އިން ދައްކާ ގޮތުގައި ވައިގެ ކޮލިޓީ މިއަދު ވަނީ ވަރަށް ދަށްވެފަ އެވެ. މެލޭޝިއާގެ ތައުލީމީ އޮފިޝަލުން ލަފާކުރާ ގޮތުގައި 1،200 ވަރަކަށް ސްކޫލް ވަނީ ބަންދުކޮށްފަ އެވެ. ދުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ސެލަންގޯ އާއި ސަރަވަކަށެވެ.

މެލޭޝިއާގައި ދުންބޯވެ 1،000 ސްކޫލް ބަންދުކޮށްފި
މެލޭޝިއާގައި ދުންބޯވެ 1،000 ސްކޫލް ބަންދުކޮށްފި

ދުމުގެ ސަބަބުން ސިންގަޕޫރުގެ ވައިގެ ކޮލިޓީ ވެސް ވަނީ ސިއްހަތަށް ނުރައްކާވާ މިންވަރަށް ގޯސްވެފަ އެވެ. އެހެންވެ މި ހަފުތާ ބަންދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފޯމިއުލާ ވަން ރޭސް ބޭއްވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

މެލޭޝިއާގައި ދުންބޯވެ 1،000 ސްކޫލް ބަންދުކޮށްފި
މެލޭޝިއާގައި ދުންބޯވެ 1،000 ސްކޫލް ބަންދުކޮށްފި

އަލިފާން ނިއްވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް އިންޑޮނީޝިއާ ސަރުކާރުން ވަނީ ބުނެފަ އެވެ. ޖަންގަލިތަކުގައި އަލިފާން ރޯކުރިކަމުގެ ތުހުމަތުގައި އިންޑޮނީޝިއާ އިން ވަނީ 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.