18 ސެޕްޓެމްބަރ 2019 - 10:58

ރަންފައުނުން ހުޅުމާލޭގައި އާ ފިހާރައެއް ހުޅުވައިފި އެވެ.

މި ފިހާރައިން އިލެކްޓްރޯނިކް ސާމާނާއި ހޯމް އެޕްލަޔަންސްގެ ވަރަށް ގިނަ ބާވަތްތައް ލިބޭނެ އެވެ.
ހުޅުމާލޭ ޗަނބޭލީމަގު 7 ނަންބަރު ގޯޅީގައި ހުންނަ މި ފިހާރައިން މައިގަނޑުގޮތެއްގައި ވިއްކާ ތަކެތީގެ ތެރޭގައި އެއާކޮންޑިޝަނާ، ޓީވީ، ދޮންނަމެޝިން، އައިސް އަލަމާރި އަވަން، ރައިސްކުކާ އަދި ބްލެންޑަރު ފަދަ ތަކެތި ހިމެނެ އެވެ.
މި ފިހާރަ ހިންގާ ރަން ފައުނު ޕްރައިވެޓް ލިމިޓެޑުން ބުނީ އާންމުކޮށް މާލެ އިން ލިބެން ހުންނަ އަގުތަކަށް ވުރެ ހެޔޮ އަގުގައި މި ފިހާރައިން ތަކެތި ލިބޭނެ ކަމަށެވެ. ހުޅުމާލޭގައި ފިހާރައެއް ހުޅުވުމުގެ އެއް ބޭނުމަކީ އާބާދީ އިތުރުވަމުން އަންނަ ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ފަސޭހަ ކަމާ އެކު އިލެކްޓްރޯނިކް ސާމާނު ގަނެވޭނެ ގޮތް ފަހިކޮށްދިނުން ކަމަށް ރަން ފައުނުން ބުންޏެވެ.
ރަންފައުނުން ވިއްކާ އެއާކޮންޑިޝަނާ އަކީ ރާއްޖޭގައި ގިނަބައެއްގެ އިތުބާރު ލިބިފައިވާ ޕެނަސޮނިކް އަދި އެލްޖީ ބްރޭންޑްގެ އިންވާޓާ މޮޑެލްގެ އެއާކޮންޑިޝަނާ އެވެ.
ރަންފައުނުން އެއާ ކަންޑިޝަނާ ގަތުމުން ހިލޭ ޑެލިވަރީކޮށްދިނުމުގެ އިތުރުން ހެޔޮ އަގުގައި އަވަހަށް އިންސްޓޯލް ވެސް ކޮށްދެ އެވެ.
މި މަހު ހުޅުވި މި ފިހާރަ އަށް މިހާރު ވެސް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އަގު ހުރި އިނާމުތަކަކާ އެކު ޕްރޮމޯޝަނެއް ފެށުމަށް ވެސް ފިހާރައިން އަންނަނީ ތައްޔާރުވަމުންނެވެ.
ރަންފައުނުގެ ފިހާރައެއް މާލޭގައި ވެސް ހުރެ އެވެ. ބުރުޒުމަގު މާފަންނުކޮޅުގައި ހުންނަ މި ފިހާރައިން ވެސް އިލެކްޓްރޯނިކް ސާމާނު ލިބެންހުރެ އެވެ.