މޯދީގެ އުފަންދުވަހު މަންމާފުޅާ އެކު މެންދުރުގެ ފަރިއްކޮޅަށް
މޯދީގެ އުފަންދުވަހު މަންމާފުޅާ އެކު މެންދުރުގެ ފަރިއްކޮޅަށް

ގުޖުރާތު (ސެޕްޓެމްބަރު 17) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ 69 ވަނަ އުފަން ދުވަހު މަންމާފުޅުގެ އަރިހަށް މިއަދު ވަޑައިގެން މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފި އެވެ.

މޯދީގެ އުފަންދުވަހު މަންމާފުޅާ އެކު މެންދުރުގެ ފަރިއްކޮޅަށް
މޯދީގެ އުފަންދުވަހު މަންމާފުޅާ އެކު މެންދުރުގެ ފަރިއްކޮޅަށް

މޯދީގެ މަންމާފުޅު ހީރަބެން، 98، ދިރިއުޅުއްވަނީ ގުޖުރާތުގެ ގާންދިނަގަރުގަ އެވެ. ހީރަބެންއާ އެކު ދިރިއުޅުއްވަނީ މޯދީގެ ކޮއްކޯފުޅު ޕަންކާޖް މޯދީ އެވެ. މެންދުރުގެ ފަރިއްކޮޅަށް ފަހު މޯދީ ވަނީ އަވަށްޓެރިންނާ ބައްދަލު ކުރައްވައިފަ އެވެ.

މޯދީގެ އުފަންދުވަހު މަންމާފުޅާ އެކު މެންދުރުގެ ފަރިއްކޮޅަށް
މޯދީގެ އުފަންދުވަހު މަންމާފުޅާ އެކު މެންދުރުގެ ފަރިއްކޮޅަށް

ކިތަންމެ ބުރަކޮށް އުޅުއްވި ނަމަވެސް މުހިންމު ދުވަސްތަކުގައި މޯދީ އަބަދުވެސް މަންމާފުޅުގެ އަރިހަށް ޒިޔާރަތް ކުރައްވަ އެވެ. މި އަހަރު ކުރީކޮޅު ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ވެސް މޯދީ ވަނީ އުފަން ސްޓޭޓް ގުޖުރާތަށް ވަޑައިގެން މަންމާފުޅާ ބައްދަލު ކުރައްވައިފަ އެވެ. ދިއްލީގައި ބޭއްވި މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މަންމާފުޅު ހީރަބެން ވަޑައިނުގަންނަވަ އެވެ. ނަމަވެސް ޓީވީން އެ މަންޒަރު ވަގުތުން ބެއްލެވި އެވެ.