17 ސެޕްޓެމްބަރ 2019 - 11:16

އެޕަލް ކުންފުނިން އެންމެ ފަހުން ދައްކާލި އައިފޯން 11ގެ ފޯނުތައް ހުކުރު ދުވަހުން ފެށިގެން އެލް މޯބައިލުން ލިބޭނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.
އައިފޯން 11 ގެ ފޯނުތައް ދުނިޔޭގެ ބާޒާރަށް ނެރޭނީ ވެސް ހުކުރު ދުވަހު އެވެ. އެލް މޯބައިލުން ބުނީ އެ ފިހާރައިން ހުކުރު ދުވަހުން ފެށިގެން އައިފޯން 11 އާއި އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސް ލިބެން ހުންނާނެ ކަމަށެވެ.
އައިފޯންގެ މި ސީރީޒް އެޕަލް އިން ތައާރަފްކުރީ މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.
އެޕަލްގެ އާ ފޯނުތަކުގެ ތެރެއިން އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސްގައި ހުންނަ ކުލަތަކުގެ ތެރޭގައި މިޑްނައިޓް ގްރީން، ސްޕޭސް ގްރޭ، ސިލްވާ އަދި ގޯލްޑް ހިމެނެ އެވެ. އައިފޯން 11 ވެސް ހަ ކުލަޔަކުން ލިބެން ހުރެ އެވެ.
މި ފޯނުގެ ކެމެރާގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުކޮށްފައި ވާއިރު ފަހަތާއި ކުރިމަތީ ކެމެރާއިން ވެސް ފޯކޭ ކޮލިޓީގެ ވީޑިއޯ ނެގޭނެ އެވެ. މި ފޯނުތަކުގެ ކުރިމަތީ ކެމެރާތަކުގައި ސްލޯމޯޝަން ފީޗާ ވެސް ވަނީ ހިމެނެ އެވެ.
އެލް މޯބައިލުން އައިފޯން 11 ގެ ފޯނުތައް ވިއްކަން ފަށާއިރު އެ ފިހާރަ އަކީ އަބަދުވެސް ދުނިޔޭގެ ބާޒާރަށް ނުކުންނަ އާ ފޯނުތައް އެންމެ ފުރަތަމަ ރާއްޖޭގައި ވިއްކާ ފިހާރަ އެކެވެ. އެގޮތުން އެންމެ ފަހުން ސެމްސަންގުން ނެރުނު ގެލެކްސީ ނޯޓް 10 ވެސް އެ ފިހާރަ އިން ވަނީ ދުނިޔޭގެ ބާޒާރަށް ނެރުނު ދުވަހު ވިއްކަން ފަށައިފަ އެވެ.
އެލް މޯބައިލްގެ އޮފިޝަލަކު ބުނީ އައިފޯން 11 ވެސް އެމްއެފްއެލްސީ އާއި އެމްއައިބީ އަދި ބީއެމްއެލްގެ ކްރެޑިޓް ސްކީމް މެދުވެރިކޮށް ގަނެވޭނެ ކަމަށެވެ. މީގެ އިތުރުން ކޮންމެ ފޯނަކަށް އެއް އަހަރު ދުވަހުގެ ވޮރަންޓީއެއް ވެސް ލިބޭނެ ކަމަށް އެލްމޮބައިލުން ވަނީ މައުލޫމާތުދީފަ އެވެ. އަދި މި މުއްދަތުގައި ފޯނަށް މައްސަލަ އަށް ދިމާވެއްޖެނަމަ އެކަން އެޕަލްގެ ރާއްޖޭގެ ސާވިސް ސެންޓަރު "ފޯކަސް" އިން ހައްލުކުރެވޭނެ ކަމަށެވެ.