އާމިރު ޚާންގެ ދަރިފުޅުގެ ޑައިރެކްޝަންގައި ހޭޒެލް
އާމިރު ޚާންގެ ދަރިފުޅުގެ ޑައިރެކްޝަންގައި ހޭޒެލް

އާމިރު ޚާންގެ އަންހެން ދަރިފުޅު އިރާ ޚާން ޑައިރެކްޝަނަށް ނުކުންނަ ތިއޭޓަ ޕްލޭގެ ބަތަލާގެ ރޯލަށް ހޭޒަލް ކީޗް ސޮއިކޮށްފި އެވެ.

"ބޮޑީގާޑް" އާއި "ބިއްލާ" އަދި "ހީރު އެންޑް ހީރޯ" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ހޭޒެލް އަކީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ތަރި ޔުވްރާޖް ސިންގްގެ އަންހެނުންނެވެ. އިރާގެ ޕްލޭ "ޔުރިޕިޑެސް މިޑިއާ" އިން ފުރުސަތު ލިބުމުން ހޭޒެލް ވަނީ އޭނާގެ ޝުއޫރުތައް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

ޕްލޭގެ ސްކްރިޕްޓް ހަވާލުކުރާ މަންޒަރު ފެންނަ ފޮޓޯއަކާ އެކު ހޭޒެލް ބުނީ ތިއޭޓަ ޕްލޭއަކަށް އެއްބަސްމިވީ ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ފަހުން ކަމަށެވެ. އަދި އިރާގެ އަލަތު ޑައިރެކްޝަނުގައި މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.

އިރާގެ ފުރަތަމަ ޑައިރެކްޝަން އިއުލާންކުރީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އޭގެ މަސައްކަތްތައް މިހާރު ކުރިއަށްދާ އިރު، "ޔުރިޕިޑެސް މީޑިއާ" ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

މި ޕްރޮޖެކްޓާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހިއްސާއެއް ނުކުރެ އެވެ.

އާމިރު ބުނި ގޮތުގައި އަންހެން ދަރިފުޅު ޑައިރެކްޝަނަށް ނުކުންނާތީ އޭނާ އަށް އެކަމުގައި ވެވެން އޮތް އެހީއެއް ވެދޭނެ އެވެ. އަދި އިރާ ޑައިރެކްޝަނަށް ނުކުތުމަކީ އުފާވާ ކަމެއް ކަމަށް ވެސް ބުންޏެވެ.