17 ސެޕްޓެމްބަރ 2019 - 10:46

އެމެރިކާގައި ރާއްޖެ އިސްތިހާރުކުރަން، ސޯޝަލް މީޑިއާގެ ނުފޫޒު ގަދަ ބަޔަކު، އެމްއެމްޕީއަރުސީން ރާއްޖެ ގެނެސްފި އެވެ.
މިދިއަ ހުކުރުދުވަހު އައި މި ޓީމު، މިމަހުގެ 20 އާ ހަމައަށް އެކި ރިސޯޓްތަކުގައި ހަރަކާތްތެރިވެ، ރާއްޖޭގެ ރީތިކަމާއި ޓޫރިޒަމް ދާއިރާގެ ތަފާތު މައުލޫއުތަކުުން މައުލޫމާތު ހޯދާނެ އެވެ. އަދި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެ މީހުންގެ އެ މައުލޫމާތުތަައް އާންމުންނަ ހަމައަށް ގެނެސްދޭނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި، ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖެ އިސްތިހާރުކުރަން އެމްއެމްޕީއާރުސީން ފަށާފައިވާ މަސައްކަތުގައި، އެމެރިކާގެ ޓީމުން ވެސް އެމީހުންގެ ތަޖުރިބާތައް، ބްލޮގްތަކުގަ އާއި އިންސްޓަގްރާމް އާއި ފޭސްބުކް ފަދަ ޕްލެޓްފޯމްތަކުގައި ހިއްސާކުރާނެ އެވެ.
މިއީ ރާއްޖެ އިސްތިހާރު ކުރުމުގެ ގޮތުން އެމްއެމްޕީއާރުސީން ގެނައި 13 ވަނަ ޓީމެވެ. ދާދި ފަހުން ޔޫކްރެއިންގެ ސޯޝަލް މީޑިއާގެ ނުފޫޒު ގަދަ ބަޔަކު ހިމެނޭ ޓީމެއް ވެސް ރާއްޖެ ގެނަ އެވެ.
އެމެރިކާ ޓީމުން ރާއްޖޭގެ ރީތިކަމުގެ ތަޖުރިބާތަކާއި، މުރަކަ ދިރުވައި އާލާކުރަން ހިންގާ ތިމާވެށީގެ މަސައްކަތްތަކާއި ރިސޯޓްތަކުގައި ހިންގާ ތަފާތު ހަރަކާތްތަކާ ބެހޭ މައުލޫމާތު ހޯދަން އެމެރިކާގެ ޓީމުން ތިބެނީ، އެމްއެމްޕީއާރުސީން ބުނި ގޮތުގައި، ޑައިމަންޑްސް އަތުރުގާގަ އާއި ލަކްސް ސައުތު އަރި އެޓޮލް އަދި ރީތިފަޅު ރިސޯޓުގަ އެވެ.
އެކި ގައުމުތަކުގެ ނޫސްވެރިންނާއި ބްލޮގަރުންނާއި ސޯޝަލް މީޑިއާގައި ނުފޫޒު ގަދަ ބައެއް މީހުން ރާއްޖެއަށް ގެންނަން އެމްއެމްޕީއާރުސީން ފެށީ މިއަހަރު އެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ކުރިން ވިދާޅުވެފައިވާ ގޮތުގައި މިފަދަ ފޭމް ޓްރިޕްތަކުގެ ރަނގަޅު ނަތީޖާ ފެނިފައިވެ އެވެ.މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރައްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރި މިންވަރު އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.