"ފާސްޓް އެންޑް ފިއުރިއަސް 8" ގައި ރޮކް ފެންނާނީ މިހެން
"ފާސްޓް އެންޑް ފިއުރިއަސް 8" ގައި ރޮކް ފެންނާނީ މިހެން

ފާސްޓް އެންޑް ފިއުރިއަސްގެ ފިލްމުތަކަށް ލޯބި ކުރާ ފަރާތްތަކަށް އަންނަ އަހަރު އަނެއްކާ ވެސް ހާއްސަ ވާނެ އެވެ. އޭގެ އަށް ވަނަ ފިލްމް ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ.

"ފާސްޓް އެންޑް ފިއުރިއަސް 8" ގައި ރޮކް ފެންނާނީ މިހެން
"ފާސްޓް އެންޑް ފިއުރިއަސް 8" ގައި ރޮކް ފެންނާނީ މިހެން

ފިލްމް ރިލީޒްކުރަން ހަމަޖެހިފައި ވަނީ އެޕްރީލް 14، 2017 ގަ އެވެ. ފާސްޓް އެންޑް ފިއުރިއަސް 8 ގައި އެންމެ މުހިއްމު އެއް ރޯލް ކުޅޭ އެކްޓަރަކީ ރޮކްގެ ނަމުން މަޝްހޫރު ބިޔަ ހަށިގަނޑުގެ ވެރިޔާ ޑްވޭން ޖޯންސަން އެވެ.

ފިލްމަށް އިންތިޒާރުކުރާ ފަރާތްތަކަށް އޭނާ މިހާރު ވަނީ ފާސްޓް އެންޑް ފިއުރިއަސްގައި އޭނާ ފެނިގެން ދާނެ ގޮތް ދައްކުވާލައިފަ އެވެ. އިސްޓަގްރާމްގައި އާންމުކުރި ފޮޓޯގައި އޭނާ ބުނީ މިއީ ފިލްމުގައި އޭނާ ފެނިގެން ދާނެ ގޮތް ކަމަށެވެ.

ފާސްޓް އެންޑް ފިއުރިއަސްގެ ހަތް ފިލްމް މިހާތަނަށް ބެލުންތެރިންނާ ހަމައަށް އައިސްފައިވާ އިރު، އޭގެ ފަސް ފިލްމެއްގައި ރޮކް ވަނީ މުހިއްމު ރޯލެއް އަދާކޮށްފަ އެވެ. އޭނާ ކުޅެނީ ލޫކް ހޮބްސް ކިޔާ ވަރުގަދަ ކެރެކްޓާއެކެވެ.

ފާސްޓް އެންޑް ފިއުރިއަސް 8ގެ ތަރިންގެ ތެރޭގައި މި ފަހަރު ވެސް ވިން ޑީސަލް އާއި ޖޭސަން ސްޓެތަމް ފަދަ ތަރީން ހިމެނޭނެ އެވެ. އެ މީހުންނާ ނުލައި މި ފްރެންޗައިޒް ހަގީގަތުގައި ފުރިހަމައެއް ނުވާނެ އެވެ.

އެފް ގެރީ ގްރޭ ޑައިރެކްޓް ކުރާ މި ފިލްމުގެ އިތުރު ތަރިންގެ ތެރޭގައި ކްރިސް ބްރިޖެސް، ލޫކަސް ބްލަކް، ޓައިރީސް ގިބްސަން، ކާޓް ރަސަލް އަދި ޗާލީޒް ތެރޮން ހިމެނެ އެވެ.