ކެލާ އާއި ހެނބަދޫ ބަނދަރުގެ މަސައްކަތް ފަށައިފި
ކެލާ އާއި ހެނބަދޫ ބަނދަރުގެ މަސައްކަތް ފަށައިފި

ހއ.ކެލާ އާއި ނ.ހެނބަދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

މިއީ ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ ދެ ޕްރޮޖެކްޓެކެވެ.

ކެލާގެ ބަނދަރުގެ މަސައްކަތަށް 14.7 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ. އެ މަސައްކަތް 8 މަސް ތެރޭ ނިންމުމަށް ކަނޑައަޅާފައި ވާއިރު 16،000 ކިއުބިކް މީޓަރުގެ ބިން ހިއްކައި، 30 މީޓަރުގެ ޗެނަލް ބްރޭކް ވޯޓާ ލުމަށް ނިންމާފައިވެ އެވެ. އަދި 220 މީޓަރުގެ ސަރަހައްދުގައި ރިވެޓްމެންޓް ޖެހުމާ އެކު ބަނދަރުގެ 1،445 މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހަދަން ހަމަޖެހިފައިވެ އެވެ.

ހެނބަދޫގެ ބަނދަރުގެ މަސައްކަތަށް ހަރަދު ވަނީ 26.6 މިލިއަން ރުފިޔާ އެވެ. ގާތްގަނޑަކަށް 10 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާއިރު 44،000 ކިއުބިކް މީޓަރު ސަރަހައްދެއް ހިއްކުމަށް ނިންމާފައިވެ އެވެ. އަދި 223 މީޓަރުގެ ބްރޭކް ވޯޓާ ލައި 86 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ކަނޑައަޅާފައިވެ އެވެ.

މި ދެ ޕްރޮޖެކްޓްގެ އިތުރަށް އެ ކުންފުނިން އަންނަނީ ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ބިން ހިއްކުމުގައި ބަނދަރު ހެދުމުގެ ގިނަ ޕްރޮޖެކްޓްތަކެއް ހިމެނެ އެވެ.