ފޭސްބުކުން ޓީވީ ސްޓްރީމިން ޑިވައިސްއެއް ތައާރަފުކުރަނީ
ފޭސްބުކުން ޓީވީ ސްޓްރީމިން ޑިވައިސްއެއް ތައާރަފުކުރަނީ

އޮންލައިން ކޮންޓެންޓްތަކަށް އެކްސެސްވެވޭ ގޮތަށް އެމެޒޯން އިން ތައާރުކޮށްފައިވާ ފަޔާ ސްޓިކާ ދާދި އެއް ކަހަލަ ޑިވައިސްއެއް ތައާރަފުކުރަން ފޭސްބުކުން ތައްޔާރުވެއްޖެ އެވެ.

އެކަން ކަށަވަރުކޮށް ދެމުން މާކް ޒަކަބާގްގެ ފޭސްބުކުން ބުނީ ޓީވީ ސްޓްރީމިން ހާޑްވެއާ ޑިވައިސް އަކީ އެ ކުންފުނިން ތައާރަފުކޮށްފައިވާ ޕޯޓަލް އާއިލާގެ ބައެއް ކަމަށެވެ. މި ހިދުމަތް ތައާރަފުކުރަން ތައްޔާރުވަމުން އަންނާތީ ފޭސްބުކުން މިހާރު ވަނީ އެ މީހުންގެ ޑިވައިސް އަށް އެޗްބީއޯ އާއި ޑިޒްނީގެ އިތުރުން ނެޓްފްލިކްސްގެ އުފެއްދުންތައް ހިމަނައިދޭން ވެސް އެދިފަ އެވެ.

ފޭސްބުކުން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ލޯންޗްކުރި ޕޯޓަލް އިތުރަށް ތަރައްގީކުރުމުގެ މ މަސައްކަތްތަކެއް މިހާރު ވަރަށް ބާރަށް ކުރިއަށްދާ އިރު، މި މަހުގެ ފަހުކޮޅު އުފާވެރި އާ ކަންތައްތަކެއް ވެސް ހިއްސާކުރާނެ ކަމަށެވެ. ޕޯޓަލްގެ ޑިވައިސް މިހާރު ދެ އަގެއްގައި ލިބެ އެވެ. އެއީ 199 ޑޮލަރަށް ވިއްކާ ޑިވައިސްއަކާއި 349 ޑޮލަރަށް ވިއްކާ ޕޯޓަލް ޕްލަސް އެވެ.

ފޭސްބުކްގެ ވާޗްއަލް ރިއަލިޓީ (ވީއާރް) އާއި އާގިއުމެންޓެޑް ރިއަލިޓީ (އޭއާރް) ގެ ވައިސް ޕްރެޒިޑެންޓް އެންޑްރޫ ބޮޒްވޯތު ވިދާޅުވި ގޮތުގައި ފޭސްބުކުން ތައާރަފުކުރާ ޓީވީ ސްޓްރީމިން ޑިވައިސްއަކީ މި ޕްލެޓްފޯމުގެ އަހުލުވެރިންނަށް ވަރަށް ހާއްސަ ކަމަކަށް ވެގެން ދާނެ އެވެ.