އެންމެ ބޮޑު އެއް ސުޕަޔޮޓް ވިއްކާލަނީ
އެންމެ ބޮޑު އެއް ސުޕަޔޮޓް ވިއްކާލަނީ

އަގުބޮޑު އެއްޗިއްސަށް ލޯބިކުރާ މީހުންނަށް މިއީ ވެސް ވަރަށް ހާއްސަ އެއްޗަކަށް ވެދާނެ އެވެެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ޕްރަވައިޓް ސުޕަޔޮޓެވެ. "ދި އޮކްޓަޕަސް" ނަން ދީފައިވާ 414 ފޫޓްގެ ޔޮޓް ނިސްބަތްވަނީ މިދިޔަ އަހަރު މަރުވި، މައިކްރޮސޮފްޓް އެއް ބާނީ ޕޯލް އެލެންއަށެވެ.

މި ޔޮޓްގައި 2012 ވަނަ އަހަރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ޕޯލް ކުރި ދަތުރުގައި އައްޑު އަށް ވެސް އަ އެވެ.

އޭނާ މަރުވި ފަހުން މިލްކިއްޔާތުގައި ހުރި އަގު ބޮޑު އެތައް އެއްޗެއް ވިއްކަމުން އަންނަ އިރު، "އޮކްޓޮޕަސް" ގަންނަން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ، އަގަކީ 325.2 މިލިއަން ޑޮލަރު (5,008,080,000ރ.) އެވެ. މިއީ 26 ފަސިންޖަރުންނާއި 63 ކްރޫ މެމްބަރުންނަށް ހެޔޮވަރު ޔޮޓެކެވެ.

އޮކްޓަޕަސް" އަކީ ލަގްޒަރީ ރިސޯޓަކުން ވެސް ލިބޭނެ ހުރިހާ ހިދުމަތްތަކެއް ލިބޭ ގޮތަށް ވަރަށް ވެސް ފުރިހަމަ އަށް 2003 ގައި ތައްޔާރުކޮށްފައިވާ އުޅަނދެކެވެ. މީގެ ފީޗާތަކުގެ ތެރޭގައި ޕޫލާއި ހޮޓް ޓަބާއި ސްޕާ އާއި ބާ އާއި ޖިމާއި ރިކޯޑިން ސްޓޫޑިއޯ އާއި ސިނަމާ އާއި ބާސްކެޓްބޯޅަ ކޯޓަކާއި ކަނޑުއަޑީގެ ރީތި މަންޒަރުތައް ބަލައިލެވޭ އޮބްޒަވޭޝަން ލައުންޖެއް ހިމެނެ އެވެ.

"އޮކްޓަޕަސް ވިއްކައިލަން އިއުލާންކުރީ ޔޮޓް ބްރީކަރެއް ކަމަށްވާ ފްރޭޝާ އެންޑް ބާޖެސްއިންނެވެ. އޮކްޓޮޕަސްއަކީ އަކީ ޕޯލްގެ ތިން ޔޮޓްގެ ތެރެއިން އެންމެ ބޮޑު ޔޮޓެވެ. އޭނާގެ މިލްކިއްޔާތުގައި ދެން އޮންނަނީ 301 ފޫޓްގެ "ޓެޓޫޝް" އާއި 198 ފޫޓްގެ "މެޑޫސާ" އެވެ.

އުމުރުން 65 އަހަރުގައި އޮކްޓޯބަރު 15، 2018 ގައި ޕޯލް މަރުވި އިރު، އޭނާގެ މިލްކިއްޔާތު 20.3 ބިލިއަން ޑޮލަރަށް އަރަ އެވެ.