ބީއެމްއެލް އިން ކެލާ އާއި ބާރަށުގައި ސެލްފް ސާވިސް ބޭންކިން ފަށައިފި
ބީއެމްއެލް އިން ކެލާ އާއި ބާރަށުގައި ސެލްފް ސާވިސް ބޭންކިން ފަށައިފި

ބޭންކް އޮފް މޯލްޑިވްސްގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ހއ. ކެލާ އާއި އެ އަތޮޅު ބާރަށުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރު ހުޅުވައިފި އެވެ.

މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑި އިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

މި ދެ ރަށުގައި ހިދުމަތް ފެށުމާއެކު، ހއ. ގައި ބީއެމްއެލް އިން އޭޓީއެމްގެ ހިދުމަތް ދޭ ރަށްތަކުގެ އަދަދު ފަހަކަށް އެރީ އެވެ. މީގެ ކުރިން ބޭންކުން އަންނަނީ ހޯރަފުއްޓާއި އިހަވަންދޫ އާއި ދިއްދޫގައި ގާއިމްކޮށްފައިވާ ތިން ބްރާންޗް މެދުވެރިކޮށް ހިދުމަތް ދެމުންނެވެ.

މި ހިދުމަތާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެ އަށް އަމާޒުކޮށް ބޭންކިން ހިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާ އެކު ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ކުރިއަށްގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މުހިންމު ފިޔަވަޅެއް އެޅުނު ދުވަހެއް ކަމަށެވެ.

މި ހިދުމަތާ އެކު ފައިސާގެ މުއާމަލާތް ކުރުމަށް ބްރާންޗަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް، ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާ އެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 37 ބްރާންޗާއި 49 ސެލްފްސާވިސް ބޭންކިން ސެންޓަރު ވަނީ ގާއިމްކޮށްފަ އެވެ